އުޔޫން އިންސްޓިޓިއުޓް އަދި މާލެ ސިޓީ ކައުންސިލް ގުޅިގެން މާލޭގެ މިސްކިތްތަކުގައި ޤުރުއާން ހިތުދަސްކޮށްދޭ ކްލާސްތަކެއް ހިންގަން ތައްޔާރު ވެއްޖެއެވެ.

އުޔޫން އިންސްޓިޓިއުޓުން އިސްނަގައިގެން 18 އަހަރުން ދަށުގެ ކުޑަކުދިންނަށް ކުރިއަށް ގެންދާ މި ކްލާސްތައް ހިންގަން ހަމަޖެހިފައި ވަނީ މާލެ ސިޓީގެ 4 މިސްކިތެއްގައެވެ. މި ކްލާސްތަކުގައި ކުޑަކުދިންގެ ތެރެއިން ޤުރުއާން ހިތުދަސްކުރުމަށް ބޭނުންވާ ކުދިންނަށް ފުރުސަތުތައް ފަހިކޮށްދެވިގެން ދާނެ ކަމަށް މިއަދު މާލެ ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ޣްރުއާން ކްލާސްތައް ހިންގުމަށް އުޔޫން އިންސްޓިޓިއުޓާއި މާލެ ސިޓީ ކައުންސިލް އެއްބަސްވެ މިއަދު ވަނީ އެމްއޯޔޫއެއްވެސް ހަދާފައެވެ. އެ އެމްއޯއޫގައި އުޔޫންގެ ފަރާތުން ސޮއި ކުރެއްވީ، ޑިރެކްޓާ އޮފް އިންސްޓިޓިއުޓް ޑރ. އަލީ ޒާހިރުއެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.

އުޔޫން އިންސިޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ކުރާ ފެންވަރުގެ ކޯސްތައް ވެސް ހިންގާ އިންސްޓިއުޓެކެވެ.