ޕްރޮގްރެސިވް ކޯލިޝަނުން ތުރުކީއަށް އައި ބިންހެލުމުގެ ސަބަބުން ހާލުގަައި ޖެހިފައިވާ މީހުންނަށް ތައުޒިޔާ ކިޔައިފިއެވެ.

ފެބްރުއަރީ 6 އަދި 7، 2023 ގައި ތުރުކީއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ތުރުކީގެ ރައްޔިތުންނަށް ހަމްދަރުދީ ފާޅުކޮށްފައިވާއިރު، އެ ބާރުގަދަ ބިންހެލުމުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ.

ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާތަކަށް ރައީސް އަބްދުالله ޔާމީން، ކޯލިޝަންގެ ލީޑާޝިޕް ގްރޫޕް، ސެނެޓް އަދި ކޯލިޝަންގެ މެންބަރުންގެ ނަމުގައި ވަނީ ތައުޒިޔާ ކިޔާ، ޕްރޮގްރެސިވް ކޯލިޝަނުން ބުނީ ކޯލިޝަންގެ އުއްމީދަކީ ތުރުކީގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އަވަސް ޝިފާއެއް ލިބުން ކަމަށާއި ރައްޔިތުން ދިރުއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުން ކަމަށެވެ. އަދި ބިންހެލުމުގައި ސަލާމަތްވި މީހުންނަށް ހެޔޮ ދުއާ ކުރާ ކަމަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން އިތުރަށް ބުނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން އަކީ ގާބިލް ބޭފުޅެއް ކަމަށާއި ރިކަވަރީއަށް އަލިއަޅުއްވާލައިގެން މަސައްކަތްކޮށް މިފަދަ ކާރިސާއަކުން އަރައިގަތުމުގެ ގާބިލްކަން ތުރުކީގެ ރައީސްގެ ކިބައިގައި ހުރިކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައެވެ.

ރިކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި މިދިޔަ ހޯމަ ދުވަހު ތުރުކީއާއި ސީރިއާގެ ބޯޑަރަށް އައި ބިންހެލުމުގައި 2 ގައުމުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 7،800 އަށް ވުރެ މައްޗަށް އަށް އަރައިފިއެވެ. އަދި މި 2 ގައުމުން ހާލުގަ ޖެހިފައިވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" (އޭއައިއެސް) އިން ވެސް ވަނީ އެފުރުސަތު ހުޅުވާލައިފިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ފާއިތުވި 25 އަހަރުގެ ތެރޭގައި ރިކްޓާ މިންގަނޑުން 7 ގެ ބާރުމިނުގެ 7 ބިންހެލުމެއް ތުރުކީއަށް އައިސްފައި ވެއެވެ.