އެމެރިކާގެ ބައެއް ހައްސާސް ސަރަހައްދުތަކުގެ މަތިން ވަޔާއެކު ދަތުރުކުރަމުން ދިޔަ ބޮޑު ފުއްޕާހަން އެމެރިކާގެ ވައިގެ ސިފައިން ވައްޓާލާފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

އެމެރިކާ އިން ބުނެފައި ވަނީ މިއީ އެމެރިކާގެ ހައްސާސް ސަރަހައްދުތަކަށް ނުވަތަ ފެސިލިޓީތަކަށް ޖާސޫސް ކުރުމަށް ޗައިނާ އިން އަރުވާފައިވާ އެއްޗެއް ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ މި ތުހުމަތުތައް ދޮގުކޮށް ޗައިނާއިން އެމެރިކާ އަށް ރައްދު ދެމުން ވަނީ ވާނުވާ ނުބަލައި ޗައިނާ ބޮލުގައި އިލްޒާމް ނޭޅުވުމަށް ގޮވާލާފައެވެ.

މި ފުއްޕާހަން ވައްޓާލާފައި ވަނީ ރައީސް ޖޯ ބައިޑަންގެ ހާއްސަ އަމުރުފުޅަކަށް އެމެރިކާގެ އަސްކަރީ ޖެޓްތަކުންނެވެ. މި ހަން ވައްޓާލުމުން ބުރަައިގެން ގޮސް އެޓްލާންޓިކް ކަނޑަށް ފޭބި އެތިކޮޅުތައް ހޯދުމުގެ މަސައްކަތް އެމެރިކާގެ ކަނޑުގެ ސިފައިން މިހާރު ފަށާފައި ވާއިރު ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން އާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުން މި ހަމުގެ ތެރޭގައި ކުދި އެތިކޮޅުތަކެއް ހުރުމަކީ އެކަށީގެންވާ ކަމެކެވެ.

އެ ފެނުނު ހަން ދަތުރު ކުރަނިކޮށް ފެނިފައި ވަނީ އަލަސްކާގެ މަތިން ގޮސް ކެނެޑާ ހުރަސްކޮށް މޮންޓާރާ މައްޗަށް އަރައިގެން ދަނިކޮށެވެ. އެ ހަން ދަތުރު ކުރަމުން ދިޔައީ ވިލާތަކުގެ ވެސް މަތިންނެވެ.