ކ. ތުލުސްދޫގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު، ޑިންގީއެއްގެ ބުރަފަތީގައި ޖެހި މަރުވި ހާދިސާއާއި ގުޅިގެން ޑިންގީ ދުއްވަން އިން މީހާ ހައްޔަރު ކޮށްފިއެވެ.

މި މަހުގެ 29 ވަނަ ދުވަހު ޑިންގީއެއްގެ ބުރަފަތީގައި ޖެހި ފަތުރުވެރިއަކު މަރުވީ ކަނޑުއޮޅި ކައިރިއަށް ފަތުރުވެރިއާ ސްނޯކްލިއަންއަށް ގޮސް އުޅެނިކޮށް ތަންކޮޅެއް ނެރުން ބޭރަށް ދިޔަ ވަގުތު އެ ސަރަހައްދުން ދަތުރުކުރި ޑިންގީއެއްގެ ބުރަފަތީގައި ޖެހިގެންނެވެ. ތުލުސްދޫ ކައުންސިލްގެ ރައީސް ވިދާޅުވީ އެ ކަނޑުއޮޅިއަކީ އާންމުކޮށް ފަތުރުވެރިން ސްނޯކްލިއަންއަށް ގޮސް އުޅޭ ސަރަހައްދެއް ކަމަށެވެ.

މި ހާދިސާ އާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މަހުގެ 31ވަނަ ދުވަހު 45 އަހަރުގެ ދިވެހި ފިރިހަނަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުގެ ބަންދަށް 10 ދުވަސްޖަހާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިތުރަށް ފުލުހުން ބުނީ ލޯންޗު ދުއްވި މީހާއަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް މީހެއް ކަމަށެވެ.