އެސްޓީއޯއިން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް މަކިޓާ އަދި ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން ފަށައިފިއެވެ.

މިއަދުން ފެށިގެން އެސްޓިއޯ ހުރިހާ އައްޓްލެޓްތަކެއްގައި މި ޕްރޮމޯޝަން ކުރިއަށް ދާއިރު މިޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު، އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސް، މުހައްމަދު އީމާންއެވެ.

އެސްޓީއޯ އިން ބުނީ މަކިޓާ ޝޯރޫމްގައި ރަމަޟާން ބާޒާރު ކުރިޔަށް ދާނީ ފެބްރުއަރީ 1 އިން އެޕްރީލް 29ގެ ނިޔަލަށެވެ. މި ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ދޭ އިރު އެސްޓީއޯ މަކިޓާ ޝޯރޫމް އިން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ވެސް ކޫޕަނެއް ލިބޭނެއެވެ. އެސްޓީއޯ މަކިޓާ ޝޯރޫމްގެ ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނާ އަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 20،000 ރުފިޔާގެ އަގުހުރި މުދާ ވެސް ލިބޭނެއެވެ.

އެސްޓިއޯ ނިޕޯން ރަމަޟާން ބާޒާރު ވެސް ކުރިޔަށް ދާނީ ފެބްރުއަރީ 1 އިން އެޕްރީލް 29ގެ ނިޔަލަށް ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ނިޕޯން ޝޯރޫމުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ކޫޕަނެއް ލިބޭނެއެވެ. ނިޕޯން ރަމަޟާން ބާޒާރުގެ ގްރޭންޑް ވިނާ އަކަށް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން 20،000 ރުފިޔާގެ އަގުހުރި މުދާ ލިބޭނެއެވެ.

މި އަހަރު ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު އެސްޓީއޯ ރަމަޟާން ބާޒާރު ޕްރޮމޯޝަން ވެސް ފަށާފައި ވާއިރު މި ޕްރޮމޯޝަންގައި އެސްޓީއޯގެ ފިހާރަތަކުން ކުރާ ވިޔަފާރި ތަކުން ޑިސްކައުންޓު ލިބޭނެއެވެ. އަދި މި ޕްރޮމޯޝަންގައި އަގުހުރި އިނާމްތައް ހޯދުމުގެ ފުރުސަތު ލިބިގެން ދާއިރު ގުރުއަތުން ހޮވޭ ދެ ފަރާތަކަަށް އުމުރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ.

މިފަހަރުގެ ރަމަޟާން ބާޒާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އަތޮޅުތަކުގެ އެސްޓީއޯގެ ފިހާރަތަކުގައި އޭޕްރިލް މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.