ގއ. އަތޮޅުގައި އެއާޕޯޓް ހިންގަމުން އަންނަ ކޫއްޑޫ އާއި އެ އަތޮޅު ވިލިނގިލި ގުޅާލުމަށް ބްރިޖް އެޅުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށް މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ މި ކޮންޓްރެކްޓްގެ މުއްދަތަަކީ 180 ދުވަސް ކަމަށާއި މަޝްރޫއުގެ އަގަކީ 21،404،736 ރުފިޔާ ކަމަށެވެ.

މި އެއްބަސްވުމަކީ ގއ. ވިލިނގިލި އަދި ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމަށްޓަކައި އެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށް ގެންދިއުމަށް ތައްޔާރު ކުރަން ޖެހޭ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީ ހެދުމުގެ އެއްބަސްވުމެވެ.

މި ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމެވެ.