އައްޑޫ ސިޓީގެ ތަރައްގީ ވެސް އޮތީ "އަންނަނީ" ގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެ ސިޓީއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ އަމާޒަކަށް ވީ އައްޑޫގައި 8000 ޓުއަރިސްޓު އެނދު ހުޅުވާ އެ އެނދުތަކަށް ޓޫރިސްޓުން އައިސް އާމްދަނީ އިތުރުކުރެވޭނެ ސިޔާސަތެއް އެކުލަވާލުން ކަމަށާއި އެހެންނަމަވެސް 2018 ވަނަ އަހަރަށް ނިކުތްއިރު ވެފައި އޮތް ވައުދުފުޅު ދައުރު ނިމެންދާއިރުވެސް ނުފުއްދަވާ ކަމަށެވެ.
2018 ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު އެކުލަވާލެވުނު ސަރުކާރުގައި އައްޑޫ ވަޒީރަކު ނެތް ކަމަށާއި އައްޑޫގެ ތަރައްގީގެ ވާހަކަތައް އަޑުއިވިވަޑައިގެންނެވީ "މާދަމާ، އަންނަ އަހަރު، ދެން އަންނަ، އަންނަނީ" ފަދަ ގޮތަކަށް ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ ޓޫރިޒަމްގެ ހަރަކާތްތައް ވެސް ހިންގަން ފެށީ އައްޑޫ ދަރިން ކަމަށާއި ނަމަވެސް 40 އަހަރުފަހުން ވެސް އައްޑޫގައި ޓޫރިޒަމްގެ ހަރަކާތްތައް ކުރިއަށް ނުގެންދެވުމަކީ ސަރުކާރުގެ އެންމެ ބޮޑު "ފެއިލިއާ" ކަމަށެވެ.
ރާއްޖޭގެ ތަރައްގީ ހޯދެން އޮތް އިންޖީނަކީ އައްޑޫކަމަށާއި އައްޑޫގައި އުފައްދާފައިވާ އުމްރާނީ ވަސީލަތްތައް އޮންނަތާ އެތައް ޒަމާނެއް ވެއްޖެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ވަސީލަތްތަކުގެ ބޭނުން ނުހިފޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ފާޑުވިދާޅުވެފައެވެ.
މި މަހުގެ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ހަރާކާތްތަކުގެ ދެ ކެންޑިޑޭޓުން ގެންދަވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކަށް ވަޑައިގަންނަވަމުންނެވެ.
އަށްޑޫ މީހުންގެ ބޯކާން ހަމަހަރާމް ވާނެކަމެއް މައިކުތަކަށް ސޮނިބުރުއްސާފަ ފޮނިބައިސާ ކަނޑަނީ