ބޮލީވުޑްގެ މަޝްހޫރު ތަރި ސުނިލް ޝެޓީގެ ދަރިފުޅު އަދި ބަތަލާ އަތިޔާ ޝެޓީ އާއި އިންޑިޔާގެ ގައުމީ ކްރިކެޓް ޓީމުގެ ކުޅުންތެރިޔާ ކޭއެލް ރާހޫލްގެ ކައިވެނީގެ ރަސްމިއްޔާތަށް ވެސް ފޯނު ނުވެއްދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި މަހުގެ 23 ވަނަ ދުވަހު އަތިޔާ އާއި ރާހޫލްގެ ކައިވެނީގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިޔާގެ ކަންޑާލާގައި ހުންނަ ސުނިލްގެ ފާމް ހައުސްގައެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި ކައިވެންޏަށް ދައުވަތު ދީފައިވަނީ މި ދެ ފަރާތުގެ އާއިލާ މީހުންނަށް އެކަންޏެވެ. މި ގޮތުން މި ހަފްލާގައި ދެ އާއިލާގެ 100 އަށްވުރެ ގިނަ މީހުން ބައިވެރިވާއިރު، މިއިން އެއްވެސް ފަރާތަކަށް ކައިވެނީގެ އެއްވެސް ރަސްމިއްޔާތެއްގެ ފޮޓޯ އަދި ވީޑިއޯ ނެގުން ވަނީ މަނާކޮށްފައެވެ.

އާތިޔާ އާއި ރާހޫލްގެ ކައިވެނީގެ ރަސްމިއްޔާތުތައް މިހާރުވެސް ފޯރި އާއި އެކު ކުރިއަށް ދާއިރު އަންން ހަފްތާގައި ބޮލީވުޑްގެ ތަރިންނާއި ކްރިކެޓް ކުޅުންތެރިންނަށް ހާއްސަކޮށްގެން ބޮޑު ޕާޓީއެއް ބާއްވާނެކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.

2015 ވަނަ އަހަރު ފިލްމު "ހީރޯ" އިން ބޮލީވުޑަށް ތައާރަފްވި އަތިޔާގެ ކެރިއަރުގައި އަދި އޭނާއަށް މާ ކާމިޔާބު ފިލްމުތަކެއް ކުޅެވިފައެއް ނެތެވެ.