ތަކެތީގެ އަގު ދަނީ އުފުލެމުން ކަމަށާއި އެކަން އެހެން މެދުވެރިވާ ސަބަބަކީ ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ސިޔާސަތުތަކާ ދުރަށް ޖެހުން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވަނީ ރޭ 'ފިކުރެއްގެ ދިރުން' ހުޅުމާލެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ. ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ސިޔާސަތުތަކާ ދުރަށް ޖެހުމުން ޕާޓީގެ ހުރިހާ މެންބަރުން އެކަމާ ކަންބޮޑުވާ ކަމަށާާއި މިކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ.
އެމްޑީޕީ ވެރިކަމާ ހަވާލުވުމަށް 2018 ވަނަ އަހަރު ހުށައެޅި ހުށައެޅުންތައް އިއްތިހާދުގެ ސަރުކާރުން ބަލައިގަނެފައި ނުވާކަމަށާއި ސަރުކާރުން ތަންފީޒު ކުރަމުން ދަނީ އެމްޑީޕީގެ ސިޔާސަތުތައް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ޕާޓީގެ އެންމެ މުހިންމު އެއް ސިޔާސަތަކީ ދިވެހި ދައުލަތުގެ ދަރަނި ހަމަޖެއްސުމަށް މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ކަމަށެވެ. އަދި 2018 ވަނަ އަހަރު މަސައްކަތް ފެށި އިރު ދަރަނި އިންތިހާއަށް ބޮޑުވެފައި ވާތީ ދައުލަތުގެ ދަރަނީގެ މުއްދަތު އަދި އިންޓަރެސްޓް ރޭޓް އަލުން މުރާޖައާ ކުރަން އެ ޕާޓީއިން ހުށައެޅި ނަމަވެސް ސަރުކާރުން ނިންމީ ކުރީގެ ދަރަނި ދެއްކުމަށް އިތުރަށް ދަރަނި ނަގަން ކަމަށެވެ.
އިއްތިހާދުގެ ސިޔާސަތު އެމްޑީޕީގެ މެންބަރުނަށް ވަކި ގޮތަކަށް ވިސްނުމަށާއި އަމަލުތައް ވަކި ގޮތަކަށް ބެހެއްޓުމަށް މަޖުބޫރު ކުރާކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ސިޔާސަތުތައް ބަޔާންކުރާ ހައްލު އެމަނިކުފާނަށް ހޯދައިދެވޭނެ ކަމަށާއި ތަކެތީގެ އަގު ތިރިކުރުމަށް ޓެކްސް، ޖީއެސްޓީ ތިރިކުރަން ޖެހޭކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި އެކަން ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއަށް ދިމާވާ މާލީ އަދި އިގްތިސާދީ ދަތިތަކުން އަރައިގަތުމަށް ސިޔާސަތުތަކެއް ހުށައަޅަން ޖެހޭކަން ވެސް ރައީސް ނަޝީދު ފާހަގަ ކުރައްވާފައި ވެއެވެ.
ދެން ރަނގާޅުވާނީ ތިޒާތުގެ ކޮސްނުގޮވާ މަޑުން ހުރިއްޔާ. ތީ މިގައުމުގެ ވެރިން ކުރަން ކަމުދާމީހެއް ނޫން. ޜައްޔިތުން ވެރިކަމަށް ހޮވާދިނީމަވެސް ކުރާކަށް ނޭންގުނު. ޥެރިއެއްގައިގަ ހުންނަން ޖެހޭ ހަރުދަނާ ސިޔާސަތެއްނެއް. މިހާރުވެސް ދައްކާވާހަކަ ދެކޮޅެއްނުޖެހެ. ޢެގޮތަށް ވެރިކަމެއް ނުކުރެވޭނެ.