ނ. އަތޮޅުގެ ރަށްތަކާއި ފަޅުތައް ގާނޫނާ ހިލާފަށް ވިއްކަމުން ދާ މައްސަލައިގައި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަޑިވަޅެއްގައި، ސަރުކާރުގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވާހަކަ ދައްކަވައިފިއެވެ.
ނ. އަތޮޅު ދެކެނަން ފަރާއި އެރަށާ ޖެހިގެން އޮތް ފަޅުރަށެއް(ދޮނައެރިކަނޑޫދޫ އާއި ކެނދިވަރު) ދިގުމުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ 8 ވަނަ މާއްދާ އާ ހިލާފަށްކަމަށް ބުނެ އެ އަތޮޅުގެ ކައުންސިލުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައެވެ.
މިއީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމަށް ހުރަސްއެޅޭ ގޮތަށް އަދި އާއްމު ހައްގު ގެއްލޭގޮތަށް ކޮށްފައިވާކަމެއް ކަމަށް ބުނެ ނ. އަތޮޅު ކައުންސިލުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.
ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ޝިފާއު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައެއް އަތޮޅުތަކުން ސަރުކާރުގަ އާދޭސްކުރަމުން ދަނީ ރައްތައް ތަރައްގީ ކުރެވޭނެ މަގެއް ހޯދަދިނުމަށް ކަމަށެވެ. އެހެންނަމަވެސް ބައެއް އަތޮޅު ކައުންސިލްތަކުން މަސައްކަތް ކުރަނީ ރަށްތައް ތަރައްގީކުރުން ހުއްޓުވުމަށް ކަން ފާހަގަކުރައްވާ ޝީފާއު ވިދާޅުވީ މި ގެނެވުނު ލާމަރުކަޒީ ނިޒާމުގެ ފޮނިމީރުކަން ރައްޔިތުންނާ ހަމަޔަށް ފޯރާނެގޮތެއް ނެތްކަމަށެވެ.
ކޮބާ ހީވޭ ޔާމީނަށް ކަލޭމެން ކުރި ޖެއްސުން