އައްޑޫގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭކަމުގެ އިންޒާރެއް ދީފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ދައުރުވެފައިވާ ލިޔުމެއްގައި ވަނީ އައްޑޫ ސިއްސުވާލާނެ ކަމަށާއި ލޭ އޮހޮރުވުމަކަށް ނުގޮސް އަމާން ދިނުމަށް އިންޒާރު ދީފައެވެ. އަދި އަހުންތައް ދޫކޮށްލަން ގޮވާ އެއީ އެންމެ ފަހު އިންޒާރު ކަމަށް ވެސް ބުނެފައި ޗެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލިޔުމަކީ މަރަދޫ ޔޫތް ސެންޓަރުގެ ބޭރު ފާރުގައި ހިއްޕާފައިވާ އޮތް ލިޔުމެކެވެ.

ޓެރަރިޒަމް ހަމަލާގެ އިންޒާރު / ފޮޓޯ: ސޯޝަލް މީޑިއާ

އެކަމާ ގުޅިގެން ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މިދިޔަ ނޮވެމްބަރުގެ ތެރޭގައި ޓެރަރިޒަމާ ދެކޮޅަށް މާލެ އާއި އައްޑޫގެ އިތުރުން ކ.ގުރައިދޫގައި ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ. އެ އޮޕަރޭޝަނުގެ ތެރެއިން 14 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މި އެންމެންނަކީ ވެސް އައްޑޫ އަށް ނިސްބަތްވާ މީހުންނެވެ.

މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ބުނީ ގިނަ ބަޔަކު މަރާލަން ދޭން އުޅުުނު ޓެރަރިޒަމްގެ ހަމަލާއެއް ފެއިލް ކޮށްލާފައި ވާ ކަމަށެވެ.