މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލައި ހަދާ ބްރިޖް "ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ މަސައްކަތުގެ ތެރެއިން މާލެ އާއި ވިލިމާލެ އާ ދެމެދު މޫދުގައި ޖަހާ ފައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.
"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާ އަޅަން ނިންމާފައިވާ ބްރިޖު މަޝްރޫއާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު 'ދަ ޕްރެސް' އާ ހިއްސާ ކުރަމުން ޕްލޭނިން މިނިސްޓްރީން ބުނީ، ހަތަރު ސަރަހައްދުގައި ވެސް ބްރިޖް މަޝްރޫގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށެވެ. އެ ގޮތުން މިހާރު މާލެ ސަރަހައްދުން ޕައިލްތަކުގެ ކެޕްތައް ހެދުމުގެ މަސައްކަތް ކުރަމުން ދާ އިރު ވިލިމާލެއާއި މާލެއާ ދެމެދު ކަނޑުގައި ޖަހާ ޕައިލްތައް އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ވިލިމާލޭގައި ކުރިއަށްދާ މަސައްކަތުގެ ތަފްސީލް ދެމުން ޕެލޭނިން މިނިސްޓްރީން ބުނީ މާލެއިން ފެށިގެން ވިލިމާލެއާ ހަމައަށް އަޅާ ބްރިޖް ވިލިމާލެއާ ގުޅޭ ދިމާލުން ބިން ހިއްކާ ސަރަހައްދުގެ ބިން ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. ހަމައެއާއެކު ގުޅީފަޅުގައި ކުރިއަށް ދަނީ ބްރިޖްގެ ކާސްޓިން ޔާޑްގެ މަސައްކަތްތައް ކަމަށާއި ތިލަފުށީގައި ކުރިއަށް ދަނީ ބްރިޖް މަޝްރޫއާ ގުޅިގެން ތިލަފުއްޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.
ތިލަމާލެ ބްރިޖް މަޝްރޫއުގެ ދަށުން ކަނޑުގައި ޖެހުމަށް ހަމަޖެހިފައިވާ ޓެސްޓް ޕައިލްތަކުގެ ތެރެއިން ޓެސްޓް ޕައިލް TP01 ގެ ކޮންކްރީޓް މަސައްކަތް ފަށަފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅެވެ. އެ މަސައްކަތަށް ދެ "ފްލޯޓިންގް ބެޗިންގް ޕްލާންޓް" ދަނީ ބޭނުން ކުރަމުން ކަމަށް އޭރު ޕްލޭނިން މިނިސްޓްރީން ވަނީ ބުނެފައެެވެ.
އެފްކޯންސް ކުންފުނިން ބުނެފައި ވަނީ އެ ބްރިޖްގެ މަސައްކަތް ކުރިއަށް ދާނީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން މާލެއިން ވިިމާލެއަށް ދަތުރުކުރަން އަޅާ ބްރިޖްގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުވަތަ އޮގަސްޓް މަހުގެ 15 އާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ނިންމާ ޓްރެފިކަށް ހުޅުވާލަން ހަމަޖެހިފައި ވާ ކަމަށާއި، މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
6.695 ކިލޯ މީޓަރުގެ ބްރިޖާއި ކޯޒްވޭގެ މައްޗަށް އެކުލެވޭ އެ މަޝްރޫއު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއެވެ. އެގޮތުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ 3 ބްރިޖް މި މަޝްރޫއުގެ ދަށުން ހަދާނެއެވެ. ތިލަމާލެ ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގަ އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައި ހަދާ ބުރިޖެޖެވެ. ބްރިޖްގެ އުމުރަކީ 120 އަހަރު ކަމަށް އެފްކޯންސް ކުންފުނިން ވަނީ ބުނެފައެވެ.
ބްރިޖްގެ މަސައްކަތް މިހާ ހިސާބަށް ދިޔައިރު ބްރިޖްގެ މަސައްކަތަށް ބޭނުން ކުރި ޕްލެޓްފޯމެެއް ވަނީ ވިލިމާލެ ފަރަށް ވެސް އަރާފައެވެ. މޫސުން ގޯސްވެފައި އޮތް ދުވަސްވަރެއްގައި ހިނގި އެ ހާދިސާގައި އެ ޕްލެޓްފޯމް ފަރުމަތިން ނެގުނީ ވެސް ދެ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އަދި އެކަމުން ވިލިމާލެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ވާތީ ބްރިޖްގެ މަސައްކަތް ކުރަމުން ދިޔަ އެފްކޯންސް ކުންފުނި ވަނީ 69 މިލިއަން ރުފިޔާއިން ޖޫރިމަނާ ވެސް ކޮށްފައެވެ. އެ މައްސަލަ އެފްކޯން އިން އިސްތިއުނާފަށަ ހުށަހަޅާފަައި ވާ އިރު އެ މައްސަލަ ކުރިއަށް ދާގޮތް އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން ބްރިޖްގެ ފުރަތަމަ ޕައިލްގެ ކޮންކްރީޓް މަސައްކަތް ކުރިއަށް ދިޔައިރު އެ މަސައްކަތަށް ބޭނުން ކުރި ކެރޭނެއް ވެސް ވަނީ ކަނޑަށް ވެއްޓިފައެވެ. މިފަދަ ހާދިސާތައް ހިންގަމުން އަންނާތީ އާންމުންގެ ފާޑުކިޔުންތައް ދަނީ ސަރުކާރަށް އަމާޒުވަމުންނެވެ. ބްރިޖްގެ މަސައްކަތް ކުރާ އެފްކޯންސް އިން ބުނެފައިވާ ތާރީހަށް ނިންމިދާނެ ކަމާމެދުގައާއި އަދި އެފްކޯންސް އަކީ މިފަދަ ބްރިޖެއް އެޅުމުގެ ގާބިލްކަން ހުރި ބައެއް ކަމާ މެދު ގިނަ ބަޔަކު މިހާރު އަންނަނީ ސުވާލު އުފައްދަމުންނެވެ.
އެފްކޯންސް އަކީ މީގެ ކުރިންވެސް ބްރިޖާއި ހައިވޭ ފަދަ ތަރައްގީގެ މަޝްރޫއުތައް ބޭރުގެ އެހެން ގައުމުތަކުގައި ވެސް ކޮށްފައިވާ ބައެކެވެ. އެ ގޮތުން މި އަހަރުގެ ތެރޭގައި އިންޑިއާގެ ކަޝްމީރުގެ ޖައްމޫގައި ރެއިލްވޭ ބްރިޖެއްގެ މަސައްކަތް ނިންމާފައިވާ އެ ކުންފުންޏަކީ އަދި މީގެ ކުރިން ކަނޑުގައި ބްރިޖެއް އެޅި ބައެއް ކަން އެނގޭކަށް ނެތެވެ.
އިންޑިއާ އައުޓް އިންޑިއާ އަށް އެޅޭނެ ބްރިޖެއް ނުހުންނާނެއޭ ތިޔާ ބްރިޖް ވެއްޓޭނީ ބޮލަށޭ އެއީ ޔަގީން ކަމެކޭ