ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓަކަށް ވާނީ އައްޑޫ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި އއ، އދ، ފ، އަދި ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ނަޝީދު ވިދާޅުވީ ރަނިންމޭޓަކަށް ހަދަން ބޭނުންވަނީ މުޅި ރާއްޖެ ތަމުސީލު ކުރެވޭނެ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ރަނިންމޭޓަކަށް ވާނީ އައްޑޫގެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެއީ ކޮންބޭފުޅެއް ކަމެއް ނަޝީދު ހާމައެއް ނުކުރައްވައެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެމަނިކުފާނަށް ވަރަށް ބޮޑު ތާއީދެއް އެބައޮތް ކަމަށެވެ. އަދި 70 ޕަސެންޓާ ގާތް ކުރާ އަދަދަކަށް ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޑީޕީގެ ޕްރައިމަރީ އެމަނިކުފާނު ކާމިޔާބު ކުރައްވާނެ ކަމަށާއި އެމްޑީޕީގެ މެންބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަހަތަށް ދެން ނާރާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.
އައްޑޫ ރަނިންގް މޭޓް އެއީ ޗޮއިސް އެއް ނޫނޭ ކިއެއްވެތޭ ދެން ކުޅުދުއްފުށިން ނުވަތަ ބޮޑު ތިލަދުން މަތިން ރަނިންގް މޭޓަކު ނުނަގަނީ ކިއެއްވެތޭ މާލޭން ރަނިންގް މޭޓަކު ނުނަގަނީ މީ އެއްގޮތަކަށް ވެސް އިންސާފުގެ މަގުން ކެނެރީގެ ނަޝީދު ކުރާ ކަމެއް ނޫނޭ ރަނިންގް މޭޓް ވެސް ނަގަން ޖެހޭނީ އެމްޑީޕީގެ ޕްރައިމަރީ އަކުންނޭ އެނޫން ގޮތަކަށް ރަނިންގް މޭޓަކު ނަގައިގެން ނުވާނެއޭ ނުވާނެއޭ ނުވާނެއޭ ނުވާނެއޭ...
ކޮން ރަނިންގްމޭޓެއްތޭ ބޮޑު އެއް ރަނިންގް މޭޓް އޮންނާނީ އިނގޭތޭ ތަމެން ރަނިންގް މޭޓް އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ ޔޫ ނޯ ކެނެރީގެ ނަޝީދުގެ ވެރިކަމުގައި ނޫންތޭ ޓެކްސް ނަގައިގެން ރައްޔިތުން ފެލާލުމުގެ ސަގާފަތް ފެށީ އެއިރު ވެސް ޓެކްސް ނުނަގާ ހުޅުމާލެ 2 ހިއްކައިގެން އެތަނުން މަހަކު 1 ހެކްޓަރުގެ 100 ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކަމުން ދިޔަނަމަ ޓެކްސް ފްރީ ގައުމަކަށް ރާއްޖެވާނެއޭ މަމެން ޕިންކީން ވެރިކަމުގައި ޓެކްސް އޮޅާލާ ފާރުބުޑަށް ޖަހާނަމޭ ކެނެރީގެ ނަޝީދުގެ ވެރިކަމަކީ އެއީ ނުރައްކާތެރި ވެރިކަމެކޭ އޭނާގެ ވެރިކަމަކީ އެއީ ރާއްޖޭގެ މިނިވަން ކަން އިންޑިއާ އަށް ވިއްކާލާނެ ވެރިކަމޭ އޭނާގެ ވެރިކަން ނޯ ޑޭމް ގުޑް ފޯރ ދިސް ކަންޓްރީ އިޓްސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...