ޗައިނާގެ އިގްތިސޯދުގެ މައިބަަދަ ކަމުގައިވާ ސަރުކާރުގެ ބައެއް ބޭންކުތަކަށް ވުރެ މުއްސަނދި ބިލިއަނަރު ޖެކް މާ، ގޮތް ދޫކޮށް އޭންޓް ގްރޫޕުގެ ބާރުތައް ދޫކޮށްލަައިފިއެވެ.

އޭނާގެ މުއްސަނދި ކަމާ ހެދި ޗައިނާ ސަރުކާރަށް ބިރު ހީވެ، އޭނާ "ސައިޒް ކުރުމަށް" ކުރި މަސައްކަތުގައި ގިނަ ދުވަސްތަކެއް ވާންދެން އޭނާ ވަނީ އެކަހެރި ކޮށްފައެވެ. 2020 ގެ ތެރޭގައި ޗައިނާ ސަރުކާރުން އޭނާއާ މެދު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފެށުމާއެކު، ދުވަސްގަނޑަކަށް އޭނާ ވަނީ ގެއްލިފައެވެ. އެ ދުވަސްވަރު، އޭނާ މަރާލީ ކަމަށް ނުވަތަ ގެއްލުވާލީ ކަމަށް ބުނެ ހަބަރުތައް ފެތުރު ނަމަވެސް އޭގެ ދުވަސްތަކެއްގެ ފަހުން އޭނާ ވަނީ ގަދަވެ ސަލާމަތުން ހުރި ކަމަށް ބުނެ މީޑިއާތަކަށް މެސެޖެއް ދީފައެވެ.

ނަމަވެސް، އޭނާގެ މުއްސަނދި ކަމުގެ ބިރަށް ޗައިނާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އޭންޓް ގްރޫޕު 1 ބިލިއަން ޑޮލަރުން ޖޫރިމަނާ ކުރަންވެސް ނިންމިއެވެ. އަދި މާ ގެ ދެވަނަ ކުންފުނި އަލިޕޭ އާ ދެކޮޅަށްވެސް ފިޔަވަޅު އަޅަން ނިންމިއެވެ. އެއާއެކު އޭންޓް ގްރޫޕް ރީސްޓްރަކްޗާ ކޮށް މާ ގެ 53.46 ޕަސެންޓް ޝެއާގެ ތެރެއިން ވޯޓުލުމުގެ ހައްގަށްޓަކައި ބާއްވާ 6.2 ޕަސެންޓް ނޫނީ ހުރިހާ ބާރެއް ދޫކޮށްލަން މާ ނިންމިއެވެ. އޭރު އެ ކުންފުނި އޮތީ މިހާތަނަށް އަމިއްލަ ކުންފުންޏަކުން ވިއްކާ އެންމެ ބޮޑު ޝެއާ ވެލިއު ކަމަށް ވާ 37 ބިލިއަން ޑޮލަރުގެ ޝެއާ ވިއްކަންވެސް ނިންމާފައެވެ. ނަމަވެސް ކުއްލި އަކަށް އެކަން ހުއްޓާލައި ކުންފުނި ރީސްޓްރަކްޗާ ކުރުމުން މިހާރު އެ ކުންފުނީގެ ބާރު އެކަކަށް ނުވަތަ އެހެން ޕާޓީތަކާ ގުޅިގެންވެސް ނޯންނާނެއެވެ. އޭގެ ބަދަލުގައި ކުންފުނީގެ ކަންކަން ނިންމުމުގައި ވޯޓު ދިނުމުގެ ހައްގު ލިބޭނީ ކުންފުނީގެ ބާނީ އަށާއި މެނޭޖްމަންޓާއި އަދި ސްޓާފުން ހިމެނޭ ގޮތަށް 10 ފަރާތަކަށެވެ.

ޖެކްމާގެ އަލިޕޭ އަކީ މިހާރުވެސް ކޮންމެ މަހަކު އެތައް މިލިއަން ބަޔަކު ބޭނުން ކުރާ ޕޭމަންޓް ގޭޓުވޭއަކަށް ވާ އިރު އެއީވެސް ބިލިއަން ޑޮލަރުގެ ކުންފުންޏެވެ. އަދި އޭންޓް ގްރޫޕަކީ ޗައިނާ އާއި އެހެން ބައެއް މާކެޓްތަކުގައި ނުފޫޒުގަދަ ޓެކްނޮލޮޖީ ކުންފުންޏެކެވެ.

އެކި މީހުންގެ އަތުން 60،000 ޑޮލަރު ހޯދާ ހަމަކޮށްގެން އަލީބާބާ ކުންފުނި އުފަން ކުރި ޖެކް މާ އަކީ މިއަދު 34.1 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭ ޗައިނާގެ 4 ވަނައަށް އެންމެ މުއްސަނދި މަހުޖަނެވެ.