ހަނގުރާމަ ހުއްޓާލުމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ހުށަހެޅުއްވި ސުލްހައިގެ ޕްލޭނަށް ދެކޮޅު ހައްދަވާ، ހަނގުރާމަ ހުއްޓޭނީ ޔޫކްރައިން އިން ރަޝިއާ ސިފައިން ފޭބުމުނުން ކަމަށާއި، ނުފައިބައިފި ނަމަ ގަަކަމުން ފައްސާލާނެ ނުވަތަ ބޭރުކޮށްލާނެ ކަމަށް ޔޫރްކައިންގެ ރައީސް ވްލްޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ރަޝިއާއިން ހުށަހެޅީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް 36 ގަޑިއިރަށް ހަނގުރާމަ ހުއްޓާލުމުގެ ހުށަހެޅުމެކެވެ.
އެ ހުށަހެޅުން އައީ ކްރިސްމަސް އާ ދިމާކޮށް ރަޝިއާގެ އީސާއީ ބޮޑު ފާދިރީ އަކު އެގޮތަށް ގޮވާލުމުންނެވެ. ނަމަވެސް ޔޫކްރައިން އިން އެކަމަށް ދެކޮޅު ހަދާ ބުނީ، ރަޝިއާގެ އެ ހުށަހެޅުމަކީ ޑޮމްބާސް ސަރަހައްދުން ކުރިއަރައިގެން ދާ ޔޫކްރައިންގެ ފައުޖުތައް މައިތިރި ކުރުމަށާއި ރަޝިއާގެ އިތުރު ސިފައިން ހަނގުރާމައިގެ ސަރަހައްދުތަކަށް ވެއްދުމަށް ވަގުތު ހޯދުމަށް ރަޝިއާއިން ޖަހާ މަޅިއެއް ކަމަށެވެ. މިއާއެކު ޒެލެންސްކީ ވިދާޅުވީ، ރަޝިއާއިން ކްރިސްތްމަސް އާ ދިމާކޮށް ސުލްހައެއް ބޭނުން ވަނީ، ހަތިޔާރާއި، ގޮވާތަކެއްޗާއި އަދި އިތުރު މީހުން ހަނގުރާމައަށް ނެރެ ސަފުތައް އިތުރުރަށް ރުކުރުވާ ލުމަށާއި އެ ހުށަހެޅުމަށް ދެކޮޅު ހައްދަވާ ކަމަށެވެ.
"އެއިން އެމީހުންނަށް އިތުރަށް ލިބޭނީ ކޯއްޗެއް، އިތުރު މީހުން މަރުވުން ނޫން ކޯއްޗެއް، މުޅި ދުނިޔެ ދަނޭ ހަނގުރާމައިގައި މަޑުޖެހުންތައް ރަޝިއާއިން ގެންނަ ސަބަބު، އެއީ ބާރު އިތުރުކޮށް ހަނގުރާމަ ވަރުގަދަ ކުރުން"
އެ މޭރުމުން ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، "ހަނގުރާމަ ނިމޭނެ، އެކަކު ނިމޭނީ ރަޝިއާ ސިފައިން ޔޫކްރައިން އިން ފޭބުމުން، ނޫނީ ގަދަކަމުން ބޭރު ކޮށްލާނަން" ކަމަށެވެ.
ރަޝިއާގައި މިނިވަން މުސްތަގިއްލު ބާރެއް އޮންނަ ބޮޑު ފައްޅިން ކްރިސްޓްމަސް ފާހަގަ ކުރާ ދުވަހަކީ މާދަމާއެވެ.