ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ޕާޓުނަރުން ވެފައި އޮތް އެއް ވައުދަކީ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމެވެ.

ނަތަންޔާހޫ އަކީ ވެސް ފަލަސްތީނުގެ ރައްޔިތުން ޝަހީދު ކުރުމުގެ ރެކޯޑް އޮތް މީހެއް ކަމުގައި ވާ އިރު، ވެރިކަމުގެ 6 ވަނަ ދައުރުގެ ހުވާ އޭނާ ކުރިތާ ހަފްތާއެއް ނުވެ ފަފަަސްތީނުގެ 2 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ ޖެނިންއަށް ހަތިޔާރާ އެކު ވަދެ ބަޑި ޖެހުމުގެ ސަބަބުން ޝަހީދު ވީ، އުމުރުން 22 އަހަރުގެ މުހައްމަދު ސަމަރް ހޮޝިޔާ އާއި 25 އަހަރުގެ ފޮއުއާދު މުހައްމަދު އަބެދް އެވެ. އިތުރު 3 މީހަކު ޒަހަމްވި އިރު އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީން ބުނެއެވެ.

އިޒްރޭލުން މި ހަމަލާ ދިނީ، ޖެނިންގެ ޗްކްޕޮއިންޓެއްގައި މީގެ ކުރިން ޝަހީދު ކޮށްލި ފަލަސްތީނުގެ ދެމީހެއްގެ ގެ ތަޅާ ސުންނާފަތި ކުރުމަށް ވަންނަން ކުރި މަސައްތަކަށް ފަލަސްތީނުގެ ޒުވާނުން ހުރަސް އެޅުމާ ގުޅިގެންނެވެ. އިޒްރޭލުގެ ސިފައިންގެ މީހަކު މަރާލި ކަމުގެ ތުހުމަތުގައި ޗެކްޕޮއިންޓްގައި ޝަހީދު ކޮށްލި 2 ޒުވާނުންގެ ގެ ހުންނަނީ ޖެނިންގެ ކުފްރް ޑެން ގައެވެ.

ފަލަސްތީނުގެ ގައްޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ބުނީ، ރޭ ޝަހީދު ކޮށްލި ދެމީހުންގެ ތެރެއިން ފައުއާދު މުހައްމަދު އަބެދް އަކީ ހަމާސްގެ މެންބަރެއް ކަމަށެވެ.

އެހެން ސައިޓްތަކުގައި ހުންނަ ކޮންޓެންޓަށް "ދަ ޕްރެސް" އިން ޒިންމާއެއް ނުވާނެއެވެ. ޓްވިޓާ ޕޯސްޓް ބެލުމަށް މި ލިންކަށް ފިއްތާލާށެވެ.

ރޭ ކުފްރް ޑެން އަށް އިޒްރޭލް ސިފައިން ވަދެ ގޮއްވާލަން މަސައްކަތް ކުރި 2 ގޭގެ ތެރެއިން ގެއެއް ގޮވާއެއްޗެހި ބޭނުން ކޮށްގެން ގޮއްވާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމު ވެފައެވެ.