އާދަޔާ ހިލާފަށް ބޯކޮށް ސްނޯ ފޭމުގައި ވައިގެ ތެތެ ފިނިކަން އިންތިހާއަށް ދަށްވެ ހިނގަމުންދާ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 50 އަށް އަރައިފިއެވެ.
ބައެއ ހަބަރުތައް ބުނާ ގޮތުން، މިހާދިސާތަކުގެ ތެރެއިން އެންމެ ނުރައްކާ ވެފައި ވަނީ ނިއުޔޯކްގެ އުތުރުގެ ސްޓޭޓެއް ކަމަށް ވާ ބަފަލޯ ސްޓޭޓަށެވެ. އެ ސްޓޭޓުން އެކަނި މިހާތަނަށް 25 މީހަކު މަރުވެފައި ވާ އިރު ނިއުޔޯކްގެ ގަވަރުނަރު ކެތީ ހޯސަލް ވިދާޅުވީ، މިއީ ގުދުރަތީ މޫސުމީ ކާރިސާއެއް ކަމަށާއި "މަދާ ނޭޗާ" އަކާ ހަނގުރަމަ ކުރަން ޖެހިފައި ވާ އިރު އެ "މަދާ" އަތުގައި ހުރި ހުރިހާ އެއްޗަކުން ހަމަލާ ދެމުން ދާ ކަމަށެވެ.
"މަދާ ނޭޗާ" ބޭނުން ކުރަނީ، މޫސުމީ މުސީބާތްތައް އުފައްދާ ފަރާތަކީ އިންސާނެއްގެ ގޮތަށް ސިފަކޮށް އެފަރާތަކުން ފުރިހަމަ ބާރާ އެކު އުފައްދާ މޫސުމީ މުސީބާތްތަކަށް ރަމްޒު ކުރުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ ގުދުރަތީ އެފަދަ ހާދިސާތައް މުސީބާތަކަށް ނުވަޔަ ކާރިސާއަަކަށް ބަދަލުވާ ބަދަލު ވުމަށެވެ.
ގަވަރުނަރު ވިދާޅުވީ، ބަަފަލޯ ސްޓޭޓް މިހާރު ހީވަނީ ހަނގުރާމައިގެ މައިދާނެއްހެން ކަމަށާއި ވެހިކަލްތައް އެފުށްމިފުށަށް ޖެހި ވަޅުލެވިފައި ވާ ކަމަށެވެ. ބޯ ސްނޯގެ ސަބަބުން މަގުތައް ފުރި ވެހިކަލްތަކަށް ނުވަދެވޭ އިރު ގެދޮރުގައި ތާށިވެފައި ތިބި ފަރާތްތަކާ ހަމައަށް މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރި ވާ ފަރާތްތަކަށް ދެވޭނެ މަގުތައްވެސް ވަނީ ބަންދުވެފައެވެ.
މިއީ ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައި އެމެެރިކާއަށް އެރި އެންމެ ފިނި ތޫފަން ކަމަށް ރެކޯޑް ކުރެވިފައި ވާ އިރު، ބައިނަލްއަގުވާމީ އުދުހުންތަކާއި އެތެރޭގެ އުދުހުންތަކުގެ 3000 ފްލައިޓް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. ސްނޯ ފައިގެން އަންނަ ބާރު މިނާއި ބޯ މިން އިތުރުވެ، ބައެއް ސަހަރައްދުތަކުގައި 37 އިންޗިއަށް ސްނޯ ހެދިފައި ވާ އިރު އެހެން ބައެއް ސަރަހައްދުތަކުގައި ބާރު ވަޔާ އެކު 6-12 ފޫޓުގެ އުސްމިނުގެ ސްނޯގެ ރާޅުތައް ނުވަތަ ސްނޯގެ ފަރުބަދަތައް ވަނީ އުފެދިފައެވެ. މަގުތައް ބަންދުވެ ވެހިކަލްތައް ވަޅުލެވެމުން ދާއިރު، ރަށްފުށު ހިސާބުތަކުގައި ހޫނު ލިބިގަތުމަށް އަންދާނެ ދަރު ނެތި މީހުން އަންނައުނުތައް އަންދަމުން ދާ ކަމަށްވެސް ހަބަރުލިބެއެވެ.
ސާއީންގެ ކްރިސްޓްމަސް ބޯ ސްނޯއާ ދިމާވެފައި ވާ އިރު، ދުނިޔޭގެ ހޫނު ބައްރުތަކަށް ދަތުރު ނުކުރެވި އެތައްހާސް ބަޔަކު އެއާޕޯޓްތަކުގައި ވެސް އެބަތިއްބެވެ.
މޫސުމާ ބެހޭ އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އަހަރު ނިމުމާ ހަމައަށް ސްނޯގެ މި ނުރައްކާ ދެމިގެން ދާނެއެވެ. އެހެން ކަމުން އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައި ވާ އިރު، ބޭރުގައި ފިހި ހޫނު މިން ހުރި މިންވަރުން 10 ވަރަކަށް މިނެޓްގެ ތެރޭގައި މީހާގެ ހަށިގަނޑުގެ އެތަން މިތަން ރޭޝް ވެ ހަންގަނޑު ހަލާކު ކޮށްލާ، އަދި އަތާއި ފައިގެ އިންގިލިތައް ފިނިވެ ފަޅައިގެން ދިޔުމުގެ އިތުރުން ނޭފަތުގެ ޓިޝޫތައްވެސް ހަލާކު ކޮށްލާކަމަށް ބުނެއެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ ފިންޏަށް ހުށަހެޅިގެން ސިއްހީ ހާލަތު ގޯސްވެ މަރުވި މީހުންނެވެ.