ރަޝިއާއިން ހިފި ޔޫކްރައިންގެ ހާސަންއިން ރަޝިއާ ސިފައިން ފައްސާލި ފަހުން ދިން މިސައިލް ހަމަލާތަކެއްގައި 7 މީހަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެއްޖެއެވެ.

ރޫކަރައިންގެ ރައީސް ވްލަޑިމިއާ ޒެލޮންސްކީ ވިދާޅުވީ، އެ ހަމަލާތައް އަމާޒު ވީ އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި އެ ސިޓީގެ މެދުތެރޭގައި ހުންނަ ސިޓީގެ އިދާރީ އިމާރާތަކަށެވެ. އަދި އެއީ އަސްކަރީ އެއްވެސް ފެސިލިޓީއެއް ނުވަތަ އިމާރާތެއް ހުރި ތަނެއް ނޫން ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ރަޝިއާ ސިފައިން ހާސަން ހިފާ އަމިއްލަ ކޮށްފައި ވަނިކޮށް ޔޫކަރައިން ސިފައިން ދިން ވަރުގަދަ ހަމަލާތަކުގައި އެތަނުގެ ކޮންޓްރޯލް ރަޝިއާ އަށް ގެއްލި ދޫކޮށް ފޭބީ، މިދިޔަ މިދިޔަ މަހުއެވެ.

އޭގެ ފަހުން ދޭތެރެ ދޭތެރެއިން ހާސަން އަށް އަމާޒުކޮށް އެ ޝަހަރާ އިންވެގެން އޮންނަ ޑިނީޕާ ކޯރުގެ ބިއްދޮށުގައި ތިބޭ ރަޝިއާ ސިފައިން ހަމަލާތައް ދެއެވެ. ނަމަވެސް މިއަދު ދިން މިސައިލް ހަމަލާ ތަކަކީ މި ގޮތަށް ދިން އެންމެ ވަރުގަ ހަމަލާތަކެވެ.

އެހަމަލާ އާ ގުޅޭ ވީޑިއޯތައް ސޯޝަލްމީޑިއާގައި އާންމު ވެފައި ވާ އިރު، މަރުވެފައި ވާ މީހުންގެ ހަށިތަކާއި ރޯވެ އަނދަމުން ދާ ކާރުތަކާއި ހަލާކުވެފައި ހުރި އިމާރާތްތައް ފެނެއެވެ. މިއާއެކު ޒެލެންސްވީ ވިދާޅުވީ، އެ ފޮޓޯތަކާއި ވީޑިއޯތައް އާންމުކުރުން އެއީ ސެންސިޓީވް ކޮންޓެންޓް ގެ ގޮތުގައި ސޯޝަލްމީޑިއާ ޕްލެޓްފޯމްތަކުގައި ލިސްޓް ކުރާނެ ކަމަށާއި ނަމަވެސް އެއީ ޔޫކްރައިންގެ ކޮންމެ ދުވަހެއްގެ ހާލަތު ކަމަށް އޭނާ ވިދާޅުވެއެވެ.

"ހިތްހަމަޖައްސާލުމަށާއި ނުފޫޒު ފޯރުވުމަށް މީހުން މަރަނީ" ކަމަށް ވިދާޅުވެ ޒެލެންސްކީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

މި ހަމަލާތަކާ ގުޅިގެން ރަޝިއާއިން އަދި އެއްވެސް ކޮމެންޓެއް ކޮށްފައި ނުވާއިރު، މީގެ ކުރިން ބުނަމުން ގޮސްގައި ވަނީ ރަޝިއާގެ ހަމަލާތައް އަބަދުވެސް އަމާޒު ކުރަނީ އަސްކަރީ އަމާޒުތަކަށް ކަމަށެވެ.