ހުޅަނގާއި އެމެރިކާ ބައްރުގެ އިތުރުން ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް މިއީ ފިނި މޫސުމުގެ އެންމެ ފިނި ދުވަސް ވަރެވެ. ކޮންމެ އަހަރެއްގެ ނިމޭ ކޮޅުގައި ބައެއް ހިސާބުތަކަށް ބޯ ސްނޯ ފައިބާ އިރު އެމެރިކާ އަދި ކެމެޑާއަށް އާދަޔާ ހިލާފަށް ފިނި ފޮނުވެއްޖެއެވެ.

މިއަދުގެ ފިނިހޫނުމިނަށް ބަލާއިރު ފިނިމިން ހުރީ މައިނަސް 55 ޑިގްރީ ސެލްސިއަސް ގައެވެ. މިއީ ގިނަވެގެން 10 ވަރަކަށް މިނެޓްގެ ތެރޭގައި މީހާގެ ހަންގަނޑު ހަލާކު ވުމުގެ އިތުރުން ނޭފަތާއި އަތާއި ފައިގެ އިނގިލިތަކުގެ ޓިޝޫތައް ހަލާކު ކޮށްލާވަރުގެ ފިންޏެކެވެ.

ފިނިން ސަލާމަތް ވާން ދުނިޔޭގެ ހޫނު ސަރަހައްދުތަކަށް އެތައް ހާސް ބަޔަކު ދަރުރުކުރާ މި ދުވަސް ވަރު، ފިނި މޫސުމުގެ އަސަރު 135 މިލިއަން މީހުންނަށް ކޮށްފައި ވާ ކަމަށް މޫސުމާ ބެހޭ އިދާރާތަކުން ބުނެއެވެ. މިއާއެކު އެކްސްޕާޓުން ވަނީ، މެކްސިކޯއިން ފެށިގެން އެމެރިކާގެ ފްލޮރިޑާ އަދި ސަންޝައިން ސްޓޭޓަށް އެލާޓްވެސް ނެރެފައެވެ. ފިނި މޫސުމާއެކު ސްނޯގެ ބޮޑު ތޫފާނެއް ކުރިމަތިވަމުން އަންނާތީ ބޮޑެތި އެއާޕޯޓް ތަކުގައި އެތައްހާސް ފްލައިޓެއްވެސް ވަނީ ކެންސަލް ކޮށްފައެވެ.

ފިނި މޫސުމުން ސަލާމަތް ވާން ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރާ މީހުން ގޮސް އެއާޕޯޓް ފުރެނީ

ނޭޝަނަލް ވެދާ ސެންޓަރުން ބުނާ ގޮތުގައި، މިއީ ފާއިތުވި 20 އަކަށް އަހަރުގެ ފިނި މޫސުމުގައި އެމެރިކާއަށް ފިނި ނުވާހާ މަތީ މިންވަރަކަށް ފިނިވެފައި ވާ އަހަރެއް ކަމަށާއި މި ހިނގާ ހަފްތާ ނިމެންދެން އިތުރަށް ފިނިވާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.

އިންތިހާ އަށް ފިނިވެ ހަންގަނޑު ހަލާކުވަނީ، ފިނީގެ ސަބަބުން ލޭ ދައުރު ކުރަން ވާ ވަރަށް ނުކުރުމުގެ ސަބަބުން ހަށިގަނޑުގެ މަތީ ހަންފަށަލައިގެ ޓިޝޫތައް ހަލާކުވާތީއެވެ. އިދާރާތަކުން ބުނާ ގޮތުން، މެޓްރޯ އާއި ރޭލް ދުއްވާ ސަރަހައްދުތަކުގައި ހަންގަނޑު ހަލާކުވެގެން ރިޕޯޓު ކުރާ މީހުން ގިނަވާނެއެވެ.

މޫސުމާ ބެހޭ އެކްސްޕާޓުން ބުނާ ގޮތުގައި މިއަދަކީ އެމެރިކާއަށް އެންމެ ފިނިވާނެ ދުވަހެވެ. އަދި މިއަދު ބޯ ސްނޯއާއެކު އަންނަ ބާރު ފިނި ވައިގެ ތެތްކަން "ބޮމެއް ފަދައިން" އިހުސާސް ވާނެ ކަމަށް ބުނެއެވެ. "ބޮމްބް ސްޓޯމް" އަކީ ފިނި މިން އާދަޔާ ހިފާލު ދަށަށް ގޮސް އޭގެ އެންމެ ބާރު މިނުގައި އެ ސަރަހައްދަކަށް ކުރިމަތިވެގެން އަންނަ އައުމަށް ކިޔާ އުޅޭ ގޮތެވެ.