1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި ފަގީރުން ކަމަށް ބަލާ މިންގަނޑުގައި 360 މިލިއަން މީހުން ދިރިއުޅެއެވެ.
ޑްރޯން ޓެކްނޮލޮޖީ ދުނިޔެއަށް ތައާރަފުވެ، ޑްރޯންގެ އެހީގައި ކާއެޗެހި ޑެލިވާ ކުރުމާއި އެނޫންވެސް އެތައްކަމެއް ކުރަމުން އަންނަ އިރު އިންޑިއާގައި އަލަށް ޑްރޯން މެދުވެރިކޮށް ފަރުބަދަމަތީ އަވަށަކަަށް ބޭސް ފޯރުކޮށްދީފިއެވެ.
އިންޑިއާގެ އާސާމްގައި ހާސީ ފަރުބަދަތަކާއި، ޖައިންތިއާ ފަރުބަދަތަކާ ދެމެދު އޮންނަ މެގާލަޔާ ގައި ހުންނަ ކުޑަކުޑަ ހެލްތު ސެންޓަރަށް ބޭނުންވާ ބެސް ޑްރޯނެއްގެ އެހީގައި ފޮނުވާ، ޑްރޯންގެ ޒަރީއާއިން އެހެން އަވަށްތަކަށްވެސް ބޭސް ފޮނުވަން ދަނީ ތައްޔާރު ވަމުންނެވެ.
މި ޑްރޯން އަކީ ވަޔާލެސްކޮށް ދުރު ހިސާބުތަކަށް ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައި ވާ ޑްރޯނެއް ކަމުން، ބޭސް ފޯރުކޮށްދިނުމަށް ފެށި ފުރަތަމަ ދަތުރުގައި 25 ކިލޯމީޓަރަށް އެ ޑްރޯން ދަތުރުކުރި ކަމަށް ހަބަރުތައް ބުނެއެވެ.
އާސާމްގެ ޗީފް މިނިސްޓަރާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައި ވާ ގޮތުން، އެ ޑްރޯން ބޭސް ހިފައިގެން 25 ކިލޯމީޓަރަށް ދަތުރު ކުރަން ނެގީ 25 މިނެޓެވެ. މިއީ އެއްގަމު މަގުން އުޅަނދެއްގައި ދަތުރު ކުރާނަމަ، ސިޓީ އިން ފެށިގެން 3 ގަޑި އިރުގެ ދަތުރެކެވެ.
މި ފެށުމާއެކު އިންޑިއާއިން އުންމީދު ކުރަނީ ސިއްހީ ހިދުމަތް ލިބުމުގައި ދަތި އަދި އެފަދަ ވަސީލަތްތައް ނެތް އަވަށްތަކަށް ޑްރޯން ބޭނުން ކޮށްގެން ބޭނުންވާ ބޭސް ފޮނުވާށެވެ.