މިދިޔަ މަހުގެ ނުވަވަނަ ދުވަހުގެރޭ މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

އެ އަލިފާނުގެ ހާދިސާގައި 10 މީހަކު މަރުވެފައި ވާއިރު އެތަނުން އެކަކު މަރުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. ދެން އައިޖީއެމްގައި ފަރުވާދިން މީހާ މިދިޔަ މަހު 21 ގައި ވަނީ ދޫކޮށްލާފައެވެ.

އޭރު އެ މީހާގެ ހާލު ކްރިޓިކަލް ކަމަށް ބުނެފައި ވާއިރު ވެންޓިލޭޓަރުގައިވެސް ވަނީ ފަރުވާދީފައެވެ.

އެ ހާދިސާގައި މަރުވި 10 މީހުންނަކީ:

  • ބަންގްލަދޭޝްގެ ފިރިހެނަކާއި އަންހެނެއް
  • އިންޑިއާގެ ފަސް ފިރިހެނުންނާއި ތިން އަންހެނުން

އެ އެންމެންގެ ހަށިގަނޑު އެ މީހުންގެ ގައުމަށް ފޮނުވާ އާއިލާއާ ހަވާލުކޮށްފައިވާއިރު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.