ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ކ.ގުރައިދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބީއެމްއެލް އިން ބޭއްވި ހަރަކާތެކެވެ.

ބީއެމްއެލް އިން ބުނީ، ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން 200 އަށް ވުރެ ގިނަ ބައިވެރިން މި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފައިވާ ކަމަށެވެ.

މި އިވެންޓުގެ މަގްސަދަކީ ޑެފް ކޮމިއުނިޓީއާއި އާންމު ރައްޔިތުން ގުޅުވާލައި ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ، މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބީއެމްއެލް އިން އިމާދުއްދީން ސްކޫލުގެ ސެން ކްލާސްތަކުގައި ކިޔަވާ ދަރިވަރުންނަށް ގިފްޓް ޕެކެއް ވެސް ހަދިޔާކޮށްފައިވާ ކަމަަށެވެ.

މިއީ ބީއެމްއެލްއާއި މޯލްޑިވްސް ޑެފް އެސޯސިއޭޝަންއާ ގުޅިގެން ހިންގި ހަރަކާތެކެވެ.