ޔޫކްރައިންނަށް އަރާ ރަޝިއާއިން ކުރަމުން ދާ ހަމަގުރާމައިގައި އެމެރިކާ އާއި ނޭޓޯއަކީވެސް ޔޫކްރައިންގެ ބައިވެރިން ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެއެވެ.
ލަވްރޯފް ވިދާޅުވީ، އެމެރިކާ އާއި ނޭޓޯއިން ޔޫކްރައިން އަށް މަދަދު ދެމުން ދާ ކަމަށާއި އެއީ ރަޝިއާއިން ކުރާ ހަނަގުރާމަ އާ ދެކޮޅަށް އެ 2 ފަރާތުން ބައިވެރިވުން ކަމަށެވެ. އަދި އެ 2 ފަރާތުން ޔޫކްރައިން އަށް ހަތިޔާރުވެސް ފޯރުކޮށްދޭ ކަމަށާއި ޔޫކްރައިންގެ ސިފައިންނަށް ތަމްރީނުވެސް ދޭ ކަމަށެވެ.
ހަނގުރާމަ ފެށިފަހުން އަހަރެއް ވާން ކައިރިވެފައި ވާ އިރު، އަސްކަރީ ގޮތުން 28 ގައުމަކުން ޔޫކްރައިން އަށް މަދަދު ވެރިވެއެވެ.
އެގައުމުތަކަކީ؛
- އޮސްޓްރޭލިއާ
 - ބެލްޖިއަމް
 - ކެނެޑާ
 - ކްރޮއޭޝިއާ
 - ޗެކް ރިޕަބްލިކް
 - ޑެންމާކް
 - އެސްޓޯނިއާ
 - ފިންލޭންޑް
 - ފްރާންސް
 - ޖާމަނީ
 - ގްރީސް
 - އިޓަލީ
 - ލެޓްވިއާ
 - ލިތުއޭނިއާ
 - ލަގްޒަމްބާގް
 - ނެދަލޭންޑްސް
 - ނޯތް މެސެޑޯނިއާ
 - ނޯވޭ
 - ޕޮލާންޑް
 - ޕޯޗުގަލް
 - ރޫމޭނިއާ
 - ސްލޮވޭކިއާ
 - ސްލޮވީނިއާ
 - ސްޕެއިން
 - ސްވިޑްން
 - ތުރުކީ
 - ޔޫކޭ
 - އެމެރިކާ
 
ޔޫކްރައިން ހަނގުރާމައިގެ މައްސަލައިގައި ލަވްރޯމް މި މޭރުމުން ވާހަކަ ދެއްކެވި އިރު، ޔޫކްރައިން އާ އެއްކޮޅަށް އިންޑިއާ އެރުމަށް އެމެރިކާ އާއި ނޭޓޯ އިން ބާރު އަޅަމުން ދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ލަވްރޯފް ވިދާޅުވީ، ހަނގުރާމައިގެ ކުރިންވެސް އަދި މިއަދާ ޖެހެންދެންވެސް އެމެރިކާ އާ މައުލޫމާތު ހިއްސާ ކުރައްމުން ގެންދާ ކަމަށާއި ނަމަވެސް ޔޫކްރައިން ތެރޭގައި ރަޝިއާއަށް ތްރެޓެއް (ނުރައްކަލެއް) އުފެއްދުން ފިޔަވައި ބިނާ ކުރަނިވި ހިޔާލެއް ދީފައި ނުވާ ކަމަށެވެ.
އަދި ރަޝިއާ އާއި ޗައިނާ އާ ދެކޮޅު އެލަޔަންސަށް އިންޑިއާ ވައްދަން ނޭޓޯއިން ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށްވެސް ލަވްރޯފް ވިދާޅުވިއެވެ. އަދި ޗައިނާ ސަރަހައްދުގައި ނުތަވަސްކަން އުފެއްދުމުގެ ހަރަކާތްތަކެއްވެސް ނޭޓޯ އިން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ނޭޓޯއިން ދެކުނު ޗައިނާ ކަނޑުގައި ކުރާ ކަންތައް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި އެއީ ރަޝިއާއަށްވެސް ނުރައްކާ އޮތް ކަމެއް ކަމަށެވެ.
އިތުރަށް ލަވްރޯފް ވިދާޅުވީ، ރަޝިއާ އާއި ޗައިނާ ގުޅިގެން އަސްކަރީ ތަމްރީނުތައް ބާއްވާ މައިގަނޑު ސަބަބަކީވެސް އެއީ ކަމަށާއި އެމެރިކާގެ ގޮނޑިކޮއްކޮ ހެދިގެން ތިބެ ނޭޓޯ އިން ކުޅެމުން ގެންދަނީ އަލިފާނާ ކަމަށެވެ.
ރަޝިއާ އާއި ޔޫކްރައިން ހަނގުރާމަ މިއަދާ ހިސާބަށް އައި އިރު، ރަޝިއާއިން ހިފި ހާސަން ސަރަހައްދު ޔޫކްރައިން އިން ވަނީ އަތުލާފައެވެ. ނަމަވެސް މިހާރު ޑޮނެސްކް އާ ދިމާއިން ރަޝިއާ ސިފައިން ޔޫކްރައިން ތެރެއަށް ޖެހެމުން ދާ އިރު، ޑިނީޕާ ކޯރާ ދިމާއިން ދަނީ ފަހަތަށް ޖެހެމުންނެވެ. އަދި ރަޝިއާ އާއި ޔޫކްރައިން އާ ދެމެދު ހަނގުރާމައިގެ އަސީރުންވެސް ދަނީ ބަދަލު ކުރަމުންނެވެ. މީގެ ކުރިންވެސް ގިނަ އަދަދެއްގެ އަސީރުން ބަދަލު ކުރި އިރު އެންމެ ފަހު ބުރުގައި ދެފަރާތުން ވަނީ 50 އަސީރުން ބަދަލުކޮށްފައެވެ.
