ޑިސްކައުންޓަކާއެކު އެސްޓީއޯއިން އެކުލަ މިކުލަ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެސްޓީއޯއިން ބުނީ، ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް، އެސްޓީއޯ ހުޅުމާލެ ފިހާރަ، އަދި އެސްޓީއޯ ލ ފޮނަދޫ ގައި ހުންނަ ފިހާރައިގައި ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ، މި ޕްރޮމޯޝަންގައި ނިޕޯންގެ ކޮންމެ އުފެއްދުމަކުން 8 ޕަސެންޓާއި 10 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ނިޕޯންގެ އުފެއްދުން ގަންނަ ކޮންމެ ވިޔަފާރިއަކާއެކު 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ކޫޕަނެއް ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ ދެން ކުރާ ވިޔަފާރިއަކަށް އެ ކޫޕަން ބޭނުން ކުރެވޭނެ ކަމަށެވެ.