ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) ގައި މިހާރު ހުރީ އެންމެ 98.7 މިލިއަން ރުފިޔާކަން ހާމަވެއްޖެއެވެ.
މިދިޔަ މަސް ނިމުނުއިރު އެ ފަންޑުގައި އެއް ބިލިއަން ރުފިޔާ ހުރިި އިރު މިހާރު ހުރި އަދަދަކީ އެ އަދަދާ އަޅާ ބަލާ ވަރަށް ބޮޑަށް ދަށް އަދަދެކެވެ.
2017 ވަނަ ހެދި އެ ފަންޑަކީ ބޭރުގެ ލޯނުތައް ދައްކަން ސަރުކާރަށް ދަތިވާ ހާލަތު ތަކުގައި ދެއްކުމަށް ހެދި ފަންޑަކަށް ވާއިރު އެ ފަންޑުގެ ސައިޒަކީ 5.1 ބިލިއަން ރުފިޔާއެވެ. މި އަހަރު ފެށުނު އިރު އެ ފަންޑުގައި 1.2 ބިލިއަން ހުރި ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ފިނޭންސް މިނިސްޓްރީ އިން ހާމަކުރާ ގޮތުގައި ފިސްކަލް ރިޒާވްގެ 90 ޕަސެންޓް ހުރިއިރު އެ ފަންޑުގައި ޑޮލަރުން ހުރީ 10 ވަރަކަށް ޕަސެންޓެވެ.
2026 ވަނަ އަހަރު އަންނައިރު ސޮވެރިން ފަންޑަށް 600 މިލިއަން ޑޮލަރު ޖަމާކުރުމަށް ސަރުކާރުން އަމާޒު ހިފާފައި ވާއިރު ގައުމު ސޮވެރިން ޑިފޯލްޓަކަށް ދާނެ ކަމުގެ ވާހަކަތައް ވެސް ވަނީ ދެކެވިފައެވެ. އެހެންނަމަވެސް ގައުމު ސޮވެރިން ޑިފޯލްޓަކަށް ނުދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު ދަނީ ވިދާޅުވަުންނެވެ.