ޗައިނާގެ "ޒީރޯ ކޮވިޑް" ސިޔާސަތާއެކު އެތައް މިލިއަން ބަޔަކު އެކި ސަރަހައްދުތަކުގައި ލޮކްޑައުން ވެފައިވާ މި ދަނޑިވަޅުގައި، ބަލިވެ ހާލު ދެރަވި 4 މަހުގެ ކުއްޖަކަށް އަޅާލުން ލަސްވެ މަރުވި މައްސަލައެއްގައި ރައްޔިތުން ރުޅިގަދަވެ މަގުތަކަށް ނުކުމެއްޖެއެވެ.

މި ފާއިތުވި 6 މަހު ކޮވިޑް ކޭސްތައް އެންމެ ގިނައިން ފެނުނު ހަނާން ޕްރޮވިސްގެ ޒެންގްޒޯގައި ހިނގި މިހާދިސާގެ ވާހަކަ އިންޓަނެޓުގެ ވަސީލަތްތަކުގައި އާންމު ވެފައި ވާ އިރު ކުއްޖާގެ ބައްޕަ ބުނެފައި ވަނީ، އޭނާގެ 4 މަހުގެ އަންހެން ދަރިފުޅު ހުން އައިސް ބޭރަށް ހިންގާތީ ސިއްހީ ފަރުވާ ހޯދުމަށް އޮފިޝަލުން ގާތުގައި އާދޭސް ކުރުމުމުން ވެސް ފުރުސަތު ނުދީ ލަސްކުރި ކަމަށެވެ.

އެ ޕޮރޮވިންސަކީ ވެސް ކޮމިޑް ފެނި ލޮކްޑައުން ކޮށްފައި އޮތް ޕްރޮވިންސެއް ކަމުން އޮފިޝަލުން ފުރުސަތު ދޭން ބޭނުން ނުވި ކަމަށާއި، ފަރުވާ ލަސްވުމުގެ ނަތީޖާ އަކީ ދަރިފުޅު މަރުވުން ކަމަށް އޭނާ ބުނެފައި ވެއެވެ.

ދަރިފުޅަށް ބޭބީ ފޯމިއުލާ ދަޅެްއ ގަންނަން ނުކުތް ބައްޕައަކު ފުލުހުން ހައްޔަރު ކުރަނީ

މިހާރުވެސް ދުވާލެއްގެ މައްޗަށް 20،000 މީހުން ކޮވިޑަށް ޕޮޒިޓިވް ވާ ޗައިނާގައި މި ހިނގަމުން ދާ 6 މަހު ކޮވިޑް ކޭސްތައް ވަނީ އިތުވެފައެވެ. އަދި މިއަދު ވަނީ ކޮވިޑްގައި މީހަކު މަރުވިކަމަށް ވެސް ރިޕޯޓު ކޮށްފައެވެ.

މީޑިއާއާއި އިންޓަނެޓްގެ އެކި ވަސީލަތްތަކުގައި ސެންސަރު ކުރުމުގެ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ ޗައިނާގައި ހިނގާ ދާހިލީ ކަންކަން އެންމެ ސާފުކޮށް އާންމުވަމުން ނުދިޔަ ނަމަވެސް، 4 މަހުގެ ތުއްތު ކުއްޖާގެ މަރާއި، ބައިބޯ ގްއާންގްޒޯ އާއި ޝެންގެން އަދި އެހެން ބައެއް ސިޓީތައް ލޮކްޑައުން ކޮށްފައި އޮތުމުން އާންމު ރުޅިގަދަވެ ވަނީ މަގުތަކަށް ނުކުމެފައެވެ. އަދި ފުލުހުންނާ ކުރިމަތިލައި، މަގުތަކުގައި ޖަހާފައި ހުރި ބެރިކޭޑްތައް ވެސް ވަނީ ވައްޓާލައި، ބޮޑު ހިނގާލުމެއް ފަށާފައެވެ. ނަމަވެސް ކޮމިއުނިސްޓް ވެރިކަމެއް ހިންގާ ޗައިނާ ސަރުކާރާ ދެކޮޅަށް މާ ފުޅާ އަދި ބޮޑެތި އެއްވުންތައް ބާއްވާ ހަމަނުޖެހުން ހިންގުމަކީ ރައްޔިތުންނަށް ކުރަން ފަސޭހަ ކަމެއް ނޫނެވެ.

ޗައިނާ ސަރުކާރާ ދެކޮޅުވާ ފަރާތްތަކާ މެދު އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި، މީހުން ގެއްލުވާ ލުމާއި، މީހުންގެ ވިޔަފާރިތައް ފްރީޒްކޮށް ޝަރީއަތް ހިންގާ ޖަލަށްލުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ.

ހަބަރުތައް ބުނާ ގޮތުން، ޗައިނާގެ ޒީރޯ ކޮވިޑްގެ ސިޔާސަތުގެ ދަށުން 200 ސަރަހައްދެއްގައި 2 މިލިއަނަށް ވުރެ ގިނަ މީހުން މިހާރުވެސް ތިބީ ލޮކްޑައުން ގައެވެ. އޭގެ ތެރޭގައި މަޝްހޫރު ޑިޒްނީ ޕާކާއި، އައިފޯން އެސެމްބަލް ކުރާ ދުނިޔޭގެ އެންމެ ބޮޑު ކާރުހާނާވެސް ހިމެނެއެވެ.

ޗައިނާގެ ޒީރޯ ކޮވިޑްގެ ސިޔާސަތުގެ ދަށުން، ކިތަންމެ އަވަހަކަށް އޮފީހަކަށް ވަދެ ނުކުތަސް ޕީސީއާރު ޓެސްޓެއްވެސް ހަދަން ޖައްސައެވެ. އަދި ކާބޯތަކެތި ވިއްކާ ތަންތަނަށް ވަދެވޭ އަދަދުވެސް ހިފެހެއްޓުމާއި، ކާބޯތަކެތީގެ އަގު ބޮޑުވެގެން ދިޔުން ފަދަ އެތައް ތަކުލީފެއް އާންމު ރައްޔިތުންނަށް ކުރިމަތި ވަމުން އަންނަ އިރު، އެމީހުންގެ އަތްމަތި ހުސްވެ، ކާއެތިކޮޅު ނުލިބި ތިބެން ޖެހިފައި ވާ ކަމުގެ ޝަކުވާވެސް އެތައް ބަޔަކު ދަނީ ކުރަމުންނެވެ. އަދި ދުނިޔޭގެ އިގްތިސޯދީ މިންތަކުން ދައްކާ ގޮތުން ޗައިނާގައި އިންފްލޭޝަން 2.3 ޕަސެންޓަށް އުފުލި، ޖީޑީޕީގެ ނިސްބަތުން އާމްދަނީވެސް ވަނީ ދަށަށް ގޮސްފައެވެ.