2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކެމްޕެއިން އިއުލާން ކުރައްވައިފިއެވެ.
ޓްރަމްޕް އެކަން އިއުލާން ކުރެއްވީ ފްލޮރިޑާގައި ހުންނަ އޭނާގެ އަމިއްލަ ރިސޯޓުގައި ހުންނަވައެވެ. ހަބަރުތައް ބުނާ ގޮތުން، އިންތިބާހުގައި ވާދަ ކުރެއްވުމަށް ބޭނުންވާ ލިޔެކިޔުންތައް ޓްރަމްޕް މިހާރު ވަނީ އިކެލްޝަނަށް ހުށަހަޅުއްވާފައެވެ.
"އެެމެރިކާގެ އެނބުރި އައުން ފެށުނީ، މީގެ 2 އަހަރު ކުރިން އެމެރިކާ އަކީ ރަނގަޅު ގައުމެއް، އަލުން މިއަންނަނީ ރަނގަޅު ކުރަން"
އޭނާ އިޝާރާތް ކުރައްވަނީ އެމެރިކާގެ މިހާރުގެ ވެރިކަމާ ހެދި ދިމާވެފައިވާ ގޮންޖެހުންތަކަށެވެ.
އިތުރަށް އޭނާ ވިދާޅުވީ، ދުނިޔެ އޮތީ ސުލްހަވެރިކަމާއެކުގައި ކަމަށާއި އެމެރިކާވެސް ކުރިއަރަމުން އައީ ބާރު ދުވެލީގައި ކަމަށެވެ. އަދި އޭނާ އަކީ ވެވަޑައިގަންނަވާ ވައުދު ފުއްދަވާ ބޭފުޅެއް ކަމަށާއި އެހެން ބައެއް ރައީސުންނަށް އެކަން ނުކުރެއްވޭ ކަމަށްވެސް ވެސް ވިދާޅުވެއެވެ.
ވެރިކަމަށް އަލުން އެނބުރިވަޑައިގަންނަވަން އިއުޅާން ކުރެއްވި އިރު ޓްރަމްޕަށް ވެރިކަން ގެއްލިވަޑައިގަތީ މިހާރުގެ ރައީސް ބައިޑަން އާ ވާދަ ކުރައްވާ 2020 ގައެވެ. އަދި ވޯޓު އޮޅުވާލެއްވި ކަމަށް ވިދާޅުވެ، އޭނާގެ ސަޕޯޓަރުން ގާނޫނު ހަދާ މަތިގެއަށް ފޮނުވާ، އެތަނަށް ވަދެ އެތަން ހިސޯރުކޮށް ބޮޑު ކަންތައްގަނޑެއް ހިންގެވިއެވެ. ޖެނުއަރީ 6، 2021 ގައި ހިނގި މިހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، ޓްރަމްޕާ ދެކޮޅަށް ގިނަ ހެކި އެގައުމުގެ ކަމާބެހޭ އިދާރާތަކުން އެއްކޮށްފައި ވެސް ވެއެވެ.
އެމެރިކާގައި ހުސްވި ހަފްތާގައި ނިމިގެން ދިޔަ މިޑްޓާމް އިލެކްޝަންގެ ނަތީޖާ ދައްކާ ގޮތުން، ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީއަށް ލިބުނު ކާމިޔާބީ އަކީ ވެރިކަމުގައި އޮވެ ދަށް ކާމިޔާބީއެއް ކަމަށް މުރާސިލުން ބުނެއެވެ. އެގޮތުން ސެނޭޓުގެ 100 ގޮނޑީގެ ތެރެއިން 50 ގޮނޑި ކާމިޔާބު ކުރީ ޑިމޮކްރެޓުންނެވެ. ގާނޫނު ހަދާ ދަށުގެ ނުވަތަ ހައުސްގެ 435 ގޮނޑީގެ ތެރެއިން ރިޕަބްލިކަން އިން ވަނީ 217 ގޮނޑި ހޯދާފައެވެ. ޑިމޮކްރެޓުންނަށް ލިބުނީ 208 ގޮނޑިއެވެ. އެހެން ކަމުން ދަށު ގޭގެ މެޖޯރިޓީ ރިޕަބްލިކަނުންނަށް ލިބިފައި އޮތް ނަމަވެސް މަތިގޭގެ މެޖޯރިޓީ ލިބުނީ ޑިމޮކްރެޓުންނަށެވެ.
އެެމެރިކާގެ މިޑްޓާމް އިލެކްޝަންގައި 94 ހާސް މީހުން ވޯޓު ލީ އިރު، ބައިޑަން އާއި ޓްރަމްޕަކީ އެމެރިކާގެ ވެރިކަމަށް ވާދަ ކުރައްވާ އެންމެ ދުވަސް ވީ ދެބޭފުޅުންވެސް މެއެވެ. ޓްރަމްޕުގެ އުމުރުފުޅުން މިހާރު 76 އަހަރު ވެއްޖެއެވެ. ބައިޑަންގެ އުމުރުފުޅަކީ މިހާރު 80 އަހަރެވެ.