ދާދިފަހުން ސަލާމަތީ ބާރުތަކުން ހިންގި ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަނުގައި ފެއިލްކޮށްލީ ގިނަ ބަޔަކު މަރާލަން ދޭން އުޅުުނު ޓެރަރިޒަމްގެ ހަމަލާއެއް ކަަމަށް ފުލުހުން ބުނެފިއެވެ.
އިސްކަންދަރު ކޮށީގައި މިއަދު ކުރިއަށްދާ މީޑިއާ ބްރީފިންގައި އިންސްޕެކްޓަރް އޮފް ޕޮލިސް އުސްވަތު އަހުމަދު ވިދާޅުވީ ހަމަލާ ހުއްޓުވަން ހިންގި އޮޕަރޭޝަނުގައި އައިއެސްއަށް ތާއީދުކުރާ 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި އައްޑޫ ސިޓީއިން 10 މީހަކު ހައްޔަރުކޮށްފައިވާއިރު 11 ގެއެއް ބަލާ ފާސްކުރި ކަމަށާއި މާލެއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު 4 ގެއެއް ބަލާފާސްކޮށްފައިވާ ކަމަށް އަދި ގުރައިދޫއިން ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އުސްވަތު ވިދާޅުވިއެވެ.
އުސްވަތު ވިދާޅުވި ގޮތުގައި އެމްއެންޑީއެފްއާ ގުޅިގެން އޮޕަރޭޝަން ހިންގާފައިވަނީ އައްޑޫ ސިޓީ އާއި މާލޭގެ އިތުރުން ކ. ގުރައިދޫގައި ކަމަށާއި އެ މީހުން ރާވަމުން ދިޔައީ ގޮވާ ތަކެތި ބޭނުންކޮށްގެން ރާއްޖޭގެ ތަންތަނަށް ހަމަލާދީ ގިނަ ބައެއްގެ ފުރާނައަށް ނުރައްކާވާ ފަދަ ހަމަލާއެއް ދިނުމަށް ކަމަށެވެ.
އެ ހަމަލާ ކާމިޔާބުވިނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ އޮޕަރޭޝަން ޑިސްރަޕްޓިވް އޮޕަރޭޝަނެއްގެ ގޮތުގަ ކުރިއަށް ގެންދިޔައީ އެހެންވެގެން ކަމަށް އުސްވަތު ވިދާޅުވިއެވެ.
ތިޔަ މީހުން އުމުރަށް ޖަހުގަ ބައިތިއްބަބަލަ. ޕާޓެންނަށް ވުރެ އެމީހުން މާ ނުރައްކާ