ދިވެހި ފައިސާގެ ނިޝާނަކަށް ތާނައިގެ "ރ" ގައި އިތުރު ރޮނގުބުރިއެއް ހިމެނޭހެން ތައާރަފްކުރި ނިޝާން ހިމަނައިގެން ދިވެހި ނޫޓްގެ ތެރެއިން 50 ރުފިޔާގެ ނޫޓްގެ އާ ޗާޕް ތައާރަފް ކޮށްފިއެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނީޓަރީ އޮތޯރިޓީން ބުނީ، އާ ޗާޕްގެ ޑިޒައިންނަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެ ބަދަލުތަކުގެ ތެރޭގައި ދިވެހި ރުފިޔާގެ ނިޝާން ނޫތްގެ ދެފަރާތުގައި ހިމްނާފައި ވާނެ ކަމަށެވެ. އަލަށް ޗާޕްކުރި 50 ރުފިޔާގެ ނޫޓުގައި ސޮއިއަކަށް އޮންނާނީ ގަވަރުނަރު އަލީ ހާސިމްގެ ސޮއި ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

އަދި މި ނޫޓް ޗާޕްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެ ތާރީހް ނޫޓުގެ ތިރީ ކައިރި ފަށުގައި ޖަހާފައިވާނެ ކަމަށާއި މިލާދީ އަދި ހިޖުރީ ތާރީހު ވެސް އެ ނޫޓުން ފެންނާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.

50 ރުފިޔާގެ އާ ޗާޕް ތާއާރަފް ކޮށްފަިއވާ އިރު، އެ ނޫރު ދައުރުކުރަން ފަށާނެ ތާރީހެއް އަދި އެމްއެމްއޭ އިން އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް މި ނޫޓާ އެކު ކުރީގެ 50 ރުފިޔާގެ ނޫޓުވެސް ބޭނުން ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ.