މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައިގެން އެކަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގދ. ވާދޫ ކުޑަ ކަނޑާ ދިމާލުން 12 މޭލު ބޭރުން މުދާ އުފުލާ ދޯންޏެއްް ބަންޑުން ޖަހާލައިގެން އުޅޭކަމުގެ ރިޕޯޓު މިއަދު 01:25 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ގދ.ފަރެސްމާތޮޑާއިން ފުރައިގެން 4 މީހުންނާ އެކު 14 ނމ. ބޭރުން ދަތުރު ކުރަމުން ދިޔަ "ލިއޯ ސަކްސަސް" ނަމަކަށް ކިޔާ މި ބަންޑުން ޖަހާލާފައި ވަނީ ލޭންޑިން ކްރާފްޓެއްގެ ބެޓެރި ފެއިލްވެ، ދިޔަވުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމީހާ ހޯދުމަށް މިހާރު ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން ހަރާކާތްތެރިވާން ފަށާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

ފުލުހުން ބުނީ ބަންޑުން ޖަހާލި ދޯނީގައި ތިބި 3 މީހުން ސަލާމަތް ކޮށްފައިވަނީ އެ ދޯނި ކައިރީގައި ވާދޫ ސީވީޑް ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ.