މިރޭ މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި އައި ގުގުރުމާއެކު، ހުޅުމާލެ ހިޔާ ޓަވަރުން ކަރަންޓް ކެނޑި، ފެން ކެނޑުނު ހާދިސާގައި ހޮނު އެޅީ ހިޔާ ޓަވަރަށް ނޫން ކަމަށާއި ހޮނު އެޅީ އަމީން އެވެނިއުއަށް ކަން އެނގިއްޖެއެވެ.

ހޮނުއަޅާތަން ވީޑިއޯ ކޮށްފައި ވާ އިރު އާރުސީސީން ތަރައްގީ ކުރި މިސްކިތުގެ ފަހަތުން ފެންނަނީ އަމީން އެވެނިއުއެވެ.

އަމީން އެވެނިއުއަކީ ލަގްޒަޒީ އެޕާޓުމަންޓުތަކެއް ހުންނަ ބިންޑިން ކޮންޕްލެކްސް އެކެވެ. މިހާދިސާގައި އެތާނގައި އުޅޭ މީހަކަށް އަދި އެއްޗަކަށް ގެއްލުމެއް ވީ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ އިރު، މިރޭގެ ބާރު ގުގުރި އާއެކު ހިޔާ ޓަވަރުތަކުގެ ތެރެއިން ބައެއް ޓަވަރުން ކަރަންޓް ކެނޑި ފެން ކެނޑުނު ކަމަށް ހިޔާ ޓަވަރުގައި ދިއިރުޅޭ ބައެއް މީހުންގެ އިތުރުން ފުލުހުން ވަނީ ބުނެފައެވެ.

ހިޔާ ޓަވަރުތަކަކީ 25 ބުރިއަށް ދިމާ ހާއަށް ހުންނަ ޓަވަރުތަކެކެވެ. މި ކޮންމެ ޓަވަރެއްގައި ހޮނު ދަނޑި ޖަހާފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ހޮނު ދަނޑި ޖަހާފައި ހުންނަ އިމާރާތްތަކަށް އާންމުކޮށް ހޮނެއް ނާޅައެވެ. ހޮނު ދަނޑީގެ ސަބަބުން ވިދުވަރު މަޑުކޮށްދެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަދި ހިފާގެންގުޅޭ އެއްޗަކަށް ކަމެއް ވީ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.