ހުޅުމާލޭ ފޭސް 1 ގެ ލޮޓް ނަންބަރު 10064 އިމާރާތުގެ 3 ވަނަ ފަންގިފިލާގައި ހުރި ބަދިގެއެއްގައި ރޯވީ ތެޔޮ ތާހެއް އުދާފައި ހަނދާން ނެތި ހުއްޓާ އޭގައި ހުޅު ހިފައިގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ހުޅުމާލޭ ފޭސް އެކެއްގެ ލޮޓް ނަންބަރު 10064 އިމާރާތުގެ ތިންވަނަ ފަންގިފިލާގައި ހުރި ބަދިގެއެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް ހުޅުމާލޭ ފަޔާ ސްޓޭޝަން އަށް ލިބިފައިވަނީ 19:18 ގައި ކަމަށެވެ.

އެ ސަރަހައްދަށް 19:23 ހާއިރު ސިފައިން ދިޔަ އިރު، އަލިފާން ނިއްވާލާފައިވާ ކަމަށާއި އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެ ހާދިސާގައި ބަދިގޭގެ ހުޑާއި ބައެއް ތަންތަން ވަނީ އަނދާފައިވާ ކަމަށާއި އަލިފާން ރޯވީ އެގޭގެ މީހުން ތެޔޮ ތާހެއް އުދާފައި ހަނދާންނެތި ބަހައްޓާފައި ހުއްޓައި އޭގައި ހުޅު ހިފައިގެން ކަމަށެވެ.