ރ. އުނގޫފާރު ނެރު ބަދަލުކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަﷲާއި ވަނީ އިއްޔެއެވެ.

ރ. އުނގޫފާރު ނެރު ރީލޮކޭޓް ކުރުމުގެ މަޝްރޫއުގެ ދަށުން 41,980 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 18.58 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭޭގައި ނިންމަން ހަވާލުކުރި މަޝްރޫއެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. އެ ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.