ސައުތު ޕޮލިސް ރީޖަން (ގއ، ގދ، ޏ އަދި ސ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން އިންޑިއާ މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މި މަހުގެ 1 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އެ މައްސަލަ ހުށަހެޅި ނަމަވެސް އޭރު މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ފުލުހުން ހައްޔަރު ކޮށްފައެއް ނުވެއެވެ.

'ދަ ޕްރެސް' އަށް މައުލޅޫމާތު ދެމުން ފުލުހުން ބުނީ، މި މައްސަލައިގައި އިއްޔެގެ ވަގިތެއްގައި ކޯތު އަމުރެއްގެ ދަށުން ވަނީ އުމުރުން 21 އަހަރު އިންޑިއާ ފިރިހެނަކު ހައްޔަރު ކޯށްފައި ކަމަށެެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެ ކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.