ހިންދޫ ދީނުގެ އަޅުކަމަކުން އައްޑޫ މަގުތަކުގައި ތާރުއަޅަން ފެށި މައްސަލަ އިސްލާމިކް މިނިސްޓްރީ އިން ފުލުހަށް ހުށަހަޅައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ އައްޑޫ މަގުގައި ތާރުއަޅަން ފެށުމުގެ ކުރިން ހިންދޫ ދީނުގެ އަޅުކަން ފަދައިން ކާއްޓެއް ދެއަތް ތެރެއަށްލާ މޫނާއި މޭގައި ޖައްސާ އެއްޗެއް ކިޔެވުމަށް ފަހު މަގުގައި އޮތް ތާރު އަޅާ މެޝިންގައި ޖަހާ ފަޅާލުމަށް ފަހު ކާށީގައި ހުރި ފެން އެ މެޝިން މައްޗަށް ބުރުއްސާ މަންޒަރެވެ. ހިންދޫންގެ ހުރިހާ އަަޅުކަމެއް (ޕޫޖާ) އެއްގައި ކާށި ފެޅުމަކީ އާންމު ކަމެކެވެ.
އެކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ބުނީ އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ މަޝްރޫއުއެއްގައި އިސްލާމް ދީނާއި ރާއްޖޭގެ ގާނޫނުތަކާއި އަދި ގަވާއިދުތަކާ ހިލާފަށް އެހެން ދީނެއްގެ ޝިއާރެއް ފާޅުކުރުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ކުށްވެރި ކުރައްވައި އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމަކަށް ވާއިރު ރާއްޖޭގެ ރަށެއްގައި އެހެން ދީނެއްގެ ޝިއާރެއް ބޭނުން ކޮށްގެން އެއްވެސްކަމެއް ކުރުމަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ކަނޑައެޅިގެން މަނާކުރާ ކަމެއް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
މިނިސްޓަރު އަހުމަދު ޒާހިރު ވަނީ ރާއްޖޭގައި ތަފާތު މަޝްރޫއުތައް ކުރިއަށް ގެންދާ އިރު ރާއްޖެއިން ބޭރުގެ ފަރާތްތައް މިފަދަ މަޝްރޫއުތައް ހިންގުމުގައި ހަރަކާތްތެރި ވާތީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް އެފަރާތްތައް އަހުލުވެރި ކުރުވުމަށް ކަމާގުޅުން ހުރި ފަރާތްތަކަށް ވަނީ ގޮވާލައްވާފައެވެ.
ބުޑާއަށް އަޅުކަން ކުރާ ބުއްޑާއިން މިސަރުކާރުން މިގައުމަށް އެތެރެކޮށް އެބުއްދާ ތައް ލައްވާ މި ކުރުވާ ކަމަކީ މިގައުމު ޣައިރު ދީނަށް ވެއްދުމުގެ ހީލަތްތެރި ކަންތައްގަނޑެއް، މީ ކިހިނެއްވެގެން އުޅޭ ސަރުކާރެއްކަން މިހާރު ރައިއްޔަތުންނަށް އެނގިއްޖެ، ތިމާމެން ބޭނުމިއްޔާ ތިމާމެން ދާންވީނޫންބާ މިފަސްގަނޑު ދޫކޮށް ފަރަންޖީ ގައުމު ތަކަށް، މިލާދީނީ ސަރުކާރެއް މި ގައުމަށް ފާވި ފަހުން މިނޫން ކަމެއް މިގައުމުން ނުފެނޭ، ސުކޫލުތަކުގާވެސް ހިންގަނީ މިބުއްދާދީނުގެ ކަންތައް މީހުންގެ ޅަ ދަރީންވެސް ފަސާދަކޮށް ފާހިޝްކޮށް ނިމިއްޖެ، މީދެން ކިހާބޮޑު މުސީބާތެއް މިގައުމަށް ފާކޮށްފަ މިއޮތީ އީސީ ވަގުވޯޓު ޝަރީފު، ވަގަށް ރައީސަކު ފާކުރުމުގެ ނަތީޖާ މިފެންނަނީ، މިހާރު އެހުރީ ރައީސްކަން ވަގަށް ނަގައިދިނީމަ ވަގުވޯޓު ޝަރީފަށް މެޑެލިދީފަ އިންޖީނުގެ ހަލާކު ކުރަން ދީފަ، މިވާހަކަތައް ދެއްކިއަސް ގައުމު ފަސާދަކުރާ ނަމުގާ ރައިސް އިބުރާހިމް ކޮނމެވެސް ބޭގަރާރެއް ނެރޭނެ.