ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އިސްވެ ހުންނަވާ، ލާހޯރުން އިސްލާމްއާބާދަށް ދާން ދިޔަ އިހުތިޖާޖުގައި އޭނާ ހުންނެވި ޓްރަކް ދަށުވެ، ޗިސްވެ ނޫސްވެރިއަކު މަރުވެއްޖެއެވެ.

ޗެނަލް 5 ގެ ރިޕޯޓަރު ސަދަފް ނައީމް 40ރ މަރު ވުމާއެކު އެކު ރެލީ، ނުވަތަ އިހުތިޖާޖު ހުއްޓާލާފައި ވާ އިރު އޭނާ މަރުވީ، އެ ރެލީގައި އިމްރާމް ހާން ގެ އިންޓަވިއު ކޮޅެއް ނުވަތަ އަޑުކޮޅެއް ރެކޯޑު ކުރަން އޭނާ ހުންނެވި ޓްރަކަށް އަރަން އުޅުމުގެ ތެރޭގައި އަރިއަޅާލައިގެން ވެއްޓުނު ވަގުތު، ޓްރަކުގެ ފުރޮޅު އޭނާގެ ބޯ މައްޗަށް އަރާ ޗިސްވުމުގެ ސަބަބުން ކަމަށް ހަބަރުތައް ބުނެއެވެ.

މިހާދިސާ އާ ގުޅިގެން ޕާކިސްތާނުގެ ފުލުހުން އަދި އެއްޗެއް ބުނެފައި ނުވާ އިރު ޗެނަލް 5 ގެ އަންހެން ޖާނަލިސްޓުގެ މަރާ އެކު އިމްރާން ވިދާޅުވެފައި ވަނީ، އެ ހާދިސާ އާ ގުޅިގެން ހިތާމަ ކުރައްވާ ކަމަށެވެ. ޓްރަކް ދަށުވެ ސަދަފް މަރުވި އިރު ކައިރީގައި ތިބި އެހެން ބައެއް ނޫސްވެރިން ބުނީ، އެއީ ހިނގައި ދިޔަ ކުއްލި ހާދިސާއެއް ކަމަށާއި، އޭނާ ޓްރަކަށް އަރަން އުޅެނިކޮށް އަރިއަޅަލައިގެން ވެއްޓުނު ވަގުތު ޓްރަކު ދިޔައީ އޭނާގެ ގައިމަތިން ކަމަށެވެ.

ސަދަފް ނައީމްގެ ޖަނާޒާ ބާއްވަނީ

މިހާދިސާ ހިނގީ އިސްލާމްއާބާދާ 220 ކިލޯމީޓަރު ދުރުގައި އޮންނަ ގްރުޖަންވާލާ ގައެވެ.

މީގެ 6 މަސް ކުރިން ބޮޑުވަޒީރު ކަމުން ދުރު ކުރީއްސުރެ އިމްރާމް ގެންދަވަނީ ދޭތެރެ ދޭތެރެއިން ރެލީތައް ބާއްވާ އިޖުތިޖާޖު ކުރައްވަމުންނެވެ. އޭނާގެ ސަޕޯޓަރުން ޕާކިސްތާނުގައި ގިނަ އިރު އޭނާ ޑިމާންޑް ކުރައްވަނީ އަވަސް އިންތިހާބެއްގެ ތާރީހު ސަރުކާރުން ދިނުމަށެވެ. އެ ތާރީހު ލިބެންދެން އިހުތިޖާޖުތައް ބާއްވާނެކަން، އޭނާ ނިސްބަތްވާ ތެހެރީކޭ އިސްލާމް ޕާޓީން ވަނީ އިއުލާން ކޮށްފައެވެ.

ސަދަފް ނައީމްގެ ގެއަށް އިމްރާންހާން ޒިޔާރަތް ކުރައްވާ އޭނާގެ މައިންބަފައިނާ ބައްދަލު ކުރައްވަނީ

އިމްރާންގެ ޓްރަކް ދަށުވެ ނޫސްވެރިޔާ މަރުވި ނަމަވެސް، މަޝްރަހަށް ބަދަލެއް އައިސްފައި ނުވެއެވެ. ނަމަވެސް މިވަގުތަށް ރެލީ އޮތީ ހުއްޓާލާފައެވެ.

އިމްރާން ހާން އިހުތިޖާޖަށް ނުކުންނެވި އިރު، އެނާ އިންތިހާބުވެ، ގާނޫނު ހަދާ މަޖިލީހުގައި މިހާރު ތަމްސީލު ކުރައްވަމުން ގެންދަވާ ގޮނޑި ގެއްލި، ކުރިއަށް އޮތް އިންތިހާބުތަކުގައި ވާދަ ނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ދާދި ފަހުން ވަނީ ނިންމާފައެވެ. ނަމަވެސް އެ ނިންމުން އިމްރާން ހައިކޯޓަށް އުފުލުމުން، އެ ކޯޓުން ނިންމާފައި ވަނީ، އިމްރާން އަށް ކުރިމަތި ނުލެއްވޭނެ އެއްވެސް ހާލަތެއް ނެތް ކަމަށާއި ކުރިއަށް އޮތް އިންތިހާބުގައިވެސް ވާދަ ކުރެއްވޭނެ ކަމަށެވެ.