އިންޑިއާއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ވިޖޭ ޗޯހާން ހޮސްޕިޓަލަށް ދިޔައީ އޭނާގެ ބަނޑުގައި ވޭން އަޅާތީއެވެ. ބަނޑުގައި ރިއްސާތާ ދުވަސްތަކެއް ވުމުން އެކަން ރަނގަޅުނުވެ ވޭންގަނޑު އިތުރަށް ގަދަވާހެން ހީވުމުން ހޮސްޕިޓަލަށް ގޮސް ޓެސްޓުތައް ހެދުމުން އެނގުނީ ބަނޑުގައި 63 ސަމުސާ އޮތް ކަމެވެ.
ވިޖޭ އަކީ ކާ ކޮންމެ ފަހަރަކު ސަމްސާވެސް ކާ މީހެެކެވެ. ޑޮކްޓަރަށް ދެއްކުމުން ވަގުތުން ސްކޭން ހެދުމަށް ފަހު ޑޮކްޓަރުން ބުނީ ވީ އެންމެ އަވަހަކަށް ސާޖަރީ ހެދުމަށެވެ. ދެ ގަޑިއިރު ހޭދަވި މި ސާޖަރީގައި އޭނާގެ ބަނޑުން 63 ސަމުސާ ނެގި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ވިޖޭ އަކީ މަސްތުވާތަކެތިން ސަލާމަތް ވުމަށް ރީހެބަށް ލާފައި ހުރި މީހެކެވެ. އަދި އެތަނުގައި އުޅޭ ފާރަވެރިން އޭނާ އަށް މަޖުބޫރުން ސަމުސާ ކާންދިނީ ކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑޮކްޓަރުން ވިޖޭ ގާތު ސަމުސާ ކަންތޯ ސުވާލުކުރުމުން ބުނީ ފާއިތުވި އަހަރު އޭނާ ކާ ކޮންމެ ފަހަރަކު ސަމުސާ އެއް ދިރުވާލާ ކަމަށެވެ.
ސާޖަރީ ހެދި ޑޮކްޓަރުން ބުނީ ސިއްހީ ދާއިރާގައި އެތައް އަހަރެއް ހޭދަކުރެވިއްޖެ ކަމަށާއި ކެރިއަރުގައި ވެސް މިފަދަ ކޭހެއް ހަމަ ލޮލަށް ފެނުނީ މިފަހަރު ކަމަށެވެ. ސާޖަރީ އަށް ފަހު ވިޖޭ އައިސީޔޫގައި ދެ ހަފްތާ ވަންދެން ބޭއްވި ކަމަށާއި މިހާރު އޭނާގެ ހާލަތު ރަނގަޅުކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެއެވެ.