ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގައި 226 ސައިކަލު ޕާކު ކުރެވޭ ޕާކިން ޒޯނެއް ހަދައިފިއެވެ.

މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕާކިން ޒޯން ކުރެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރަމުންދާ ކަމަށާއި މި ޕާކިން ޒޯނުގައި 226 ސައިކަލް ޕާކް ކުރެވޭނެ ކަމަށެވެ.

ހުރަވީ ބިލްޑިންގް ހުރި ބިމުގައި ހަދަމުން އަންނަ ޕާކުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާއިރު މި ޕާކު ހަދަނީ ވެހިކަލް ޕާކް ކުރެވޭނެ ބޮޑު ގާޖައަކާ އެކު ފޫހިފިލުވައިލަން ގޮސް އިށީނދެލައިގެން ތިބެވޭނެ ތަންތަން ވެސް ހުންނަ ހެންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޕާކު އަންނަ މަހު ހުޅުވާނެއެވެ.

ހުރަވީ ބިލްޑިންއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވެފައިވާ އިމާރާތެކެވެ.

އެތަނުގައި ޓްރާންސްޕޯޓު އޮތޯރިޓީ އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން އާއި އިމިގްރޭޝަނުގެ ބައެއްގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޑިޕާޓްމެންޓުތައް ދިޔައީ ހިންގަމުންނެވެ.