އިސްލާމްދީނަށް ތައުހީން ކުރި ސަލްމާން ރުޝްދީ އަށް މިދިޔަ އޯގަސްޓް މަހު އެމެރިކާގެ ނިއު ޔޯކްގައި ދިން ވަޅީގެ ހަމަލާއެއްގެ ސަބަބުން އޭނާގެ އެއް ލޯ އަނދިރިވެ އެއް އަތް ވާވެއްޖެއެވެ.
އޭނާގެ އެޖެންޓާ ހަވާލާ ދީ ސްޕެއިންގެ ނޫހެއްގައި ބުނީ، އެ ހަމަލާއަށް ފަހު އޭނާގެ ހާލު ރަނގަޅު ވަމުން އައި ނަމަވެސް އެ ހަމަލާގައި ލިބުނު ޒަހަމްތަކުން މިއަދު އޭނާގެ އެއް ލޯ އަނދިރި ކަމަށެވެ. އަދި އެއް އަތް ވާ ވެފައި ވާ ކަމަށާއި، ނިއުޔޯކްގައި ދިން އެ ހަމަލާގައި އޭނާގެ ކަރުގެ 3 ތަނަކަށް ވަޅިހަރާފައި ހުރި ކަމަށެވެ.
އެއާއެކު ނާރެއް ބުރި ވި ކަމަށާއި ވާ ވުމުގެ އަސްލަކީ އެއީ ކަމަށެވެ. އޭނާ އިތުރަށް ބުނީ، ރުޝްދީގެ މެޔަށް ވެސް 15 އެތިފަހަރު އެރި ކަމަށާއި ޒަހަމްތައް ގިނަ ކަމަށެވެ.
އިސްލާމް ދީނާއި ރަސޫލާއަށް ފުރައްސާރަކޮށް "ސެޓަނިކް ވާސަސް" ގެ ނަމުގައި ފޮތް ލިޔުނު ސަލްމާން ރުޝްދީ ގަޔަށް ވަޅި ހެރި ހާދިސާގައި ލިބުނު އަނިޔާތަކަށް ވެންޓިލޭޓަރުގައި އޭނާ އަށް ފަރުވާ ދީފައި ވާ އިރު އޭރުވެސް އެއް ލޯ އަނދިރިވެދާނެ ކަމަށް އޭނާގެ ޑޮކްޓަރުން ބުންޏެވެ.
އޭނާ އަށް ހަމަލާ ދިނީ، ޝަލްމާން ރުޝްދީ ގޮތަށް ނުރައްކަލާ ކުރިމަތިވެފައި ވާ ލިޔުންތެރިންނަށް ރައްކާތެރިކަން ދޭ އެމެެރިކާގެ އެންޖީއޯއަކުން ބޭއްވި ބައްދަލުވުުގައި ވާހަކަ ދައްކަން ސްޓޭޖް މަތީގައި އިންދައެވެ.
ރުޝްދީ ސްޓޭޖް މަތީގައި އިންދާ، މީހަކު އަރާ ދިން ހަމަލާގައި ރުޝްދީގެ ކަރަށާއި، ބަނޑަށް ވަޅި ހަރާފައި ވާއިރު ރުޝްދީ ނިއުޔޯކްގައި ބައިވެރިވި އިވެންޓްގެ ބްކް އެޖެންޓް (ރުޝްދީގެ ފޮތްތަކާ ބެހޭ އެޖެންޓް) ރޮއިޓާސް އަށް މައުލޫމާތު ދެމުން އޭރު ބުނެފައި ވަނީ، ރުޝްދީގެ ހާލު ރަނގަޅު ނޫން ކަމަށާއި، ބަނޑަށް ދިން ހަމަލާގައި ލިވާ (ޗިސްމޭ) ހަކާލުވެފައި ވާ ކަމަށެވެ.
އުރުމުން މިހާރު 75 އަހަރު ވެފައި ވާ ރުޝްދީ އަކީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސިއެކެވެ. އޭނާ އަތުގައި އިނގިރޭސިވިލާތާއި އެމެރިކާގެ ރައްޔިތުކަން އޮވެއެވެ.
الحمد الله، شكرا كبيرا۔
އަލްޙަމްދު ލިﷲ.