އަލަމްގިރި ވީޑިއޯތައް ބޭނުންކޮށް ބްލެކްމެއިލް ކުރި މައްސަލާގައި ހައްޔަރުކޮށް މިހާރު ބަންދުގައި ތިބި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަމްދޫން އަބްދު ﷲ ގެ ބަންދަށް އިތުރު 15 ދުވަސް އަދި މުހައްމަދު މިހާދު މުސްތަފާގެ ބަންދަށް އިތުރު 10 ދުވަސް މި މަހުގެ 18 ވަަނަ ދުވަހު ދީފައިވާ ކަމަށެވެ.
އެ މައްސަލަ މިހާރު އޮތީ ދައުވާކުރުމަށް ޕީޖީއަށް ފޮނުވުމުގެ މަރުހަލާގައި ކަމަށްވެސް ފުލުހުން ބުންޏެވެ.
އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ރެކޯޑްކޮށް އެ ވީޑިއޯތައް ލީކު ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ބުލެކްމެއިލް ކޮށްގެން ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ޑިމާންޑްކޮށް އަދި ރެކޯޑް ކޮށްފައިވާ ބައެއް ވީޑިއޯތައް އާންމުކޮށްފައިވާ މައްސަލައާ ގުޅިގެން މިހާތަނަށް ޖުމުލަ ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އެމީހުންގެ ތެރެއިން ދެ މީހަކު ކޯޓަށް ހާޒިރު ކުރުމުން ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ނިންމައި ކޯޓުން ދޫކޮށްލައިފައިވާއިރު ފުލުހުން ވަނަވަރު އާންމުކުރި ތިން މީހުންގެ ތެރެއިން މައުމޫން މޫސާ (41އ) ވަނީ ދޫކޮށްލާފައެވެ.
ހަމްދޫނަކީ އަމްގިރިއަށް ވަޒީފާދީ މާލޭގައި އުޅެމުންދިޔަ ގޭގައި އޭނާއާ ހަވާލުވެގެން ހުރި މީހާއަށްވާއިރު މިހާދަނީ ހަމްދޫގެ ދައްތަގެ ދަރިއެއް ކަމަށް އަލަމްގިރީގެ ލީކުވި ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.