ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފިއެވެ.

އެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. އަދި މިނިސްޓަރުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މަދީހު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މެއި 11، 2022 ގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަނާއެވެ.

ޅ. ކުރެންދޫގައި އަޅާ މިސްކިތުގެ ކުރެހުމެއް

އިސްލާމިކް މިނިސްޓްރީއިން ބުނީ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ 14,231,686.04 ރުފިޔާއަށް ކަމަށެވެ.

ޅ. ކުރެންދޫ މިސްކިތަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދުކުރެވޭގޮތަށް އިމާރާތްކުރެވޭ ޖުމްލަ 700 މީހުންގެ ޖާގަ ހިމެނޭ މިސްކިތެއް ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.