މަދިރިން ޖެހޭ ޑެންގީ ހުމުގެ ނުރައްކާ ބޮޑުވަމުން ދާތީ ބަލިން ރައްކާތެރިވުމަށާއި ގަދަ އަށް ހުން އައިސް ޑެންގީ ހުމުގެ އަލާމާތް ފެނިއްޖެ ވަނަ ަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށްމަދިރި އާލާވާ ތަންތަން ނައްތާލުމަށް ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީން އިލްމާސް ކޮށްފިއެވެ.
އެ އެޖެންސީން ބުނީ، އެހެނަކަމުން ހުން އައުން 3 ދުވަހަށް ވުރެ އިތުރުވެ އަދި އިތުރު އަލާމަތް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދައްކައިގެން ފަރުވާ ކުރަންޖެހޭނެ ކަަމށެވެ. ހުމުގެ އިތުރުން ޑެންގީގެ އަލާމާތުގެ ގޮތުގައި ކުޑަކަމުދެވޭ މިންވަރު މަދުވެ، މާ ބޮޑަށް ވަރުބަލި ވެ، ބަނޑުގައި ރިއްސުން، ގިނައިން ހޮޑުލެވުން، ހަށިގަނޑުގެ އެއްވެސް ތަނަކުން ލޭ އަންނަ ނަމަ ލަސް ނުކޮށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.
ހަމައެއާއެކު ސާފު ފެނުގައި އުފެދޭ އީޑީސް މަދިރިން ޖެހޭ ޑެންހީ ހުން ކޮންޓްރޯލް ކުރުމަށް މަދިރި އާލާވާ ތަންތަން ނައްތާލުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި މަދިރި ހެފުން މަދު ކުރުމަށް ސަމާލުވެ ރައްކާތެރުވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސް ކޮށްފައެވެ.
ޑެންގީން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:
- ހަށިގަނޑު ބޮޑަށް ނިވާވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން ނުވަތަ ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން
- ފަތިސް ވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެއަށް މަދިރި ވަނުން މަދު ކުރުމަށް ދޮރާއި ކުޑަދޮރުތައް ލައްޕާފައި ބެހެއްޓުން
- ގޭތެރޭގައި ހުންނަ ތަކެތީގެ ތެރެއިން ފެން ހަރުލާފައި ހުންނަ ތަކެތި މަދުވެގެން ހަފްތާއަކު އެއްފަހަރު އެ ފެން ސާފު ކުރުން
- އަދި ގޯތިތެރޭގައި ފެން އެލޭ ގޮތަށް ހުންނަ ތަކެތި ފެން ނޭޅޭ ގޮތަށް ބެހެއްޓުންފެން ހަރުލާ ފަދަ ތަކެތި އާންމު ތަންތަނަށް އުކާ ނުލުން
- އާންމު ތަންތަނުގައި ހުންނަ ފެން ހަރުލާފައި ހުންނަ ތަކެތި ނައްތާލުން
ޑެންގީ ޖެހުމުން ހުން އައުމުގެ އިތުރުން އެހެނިހެން ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ހާއްސަކޮށް ކުޑަކުދިންނާއި މަބަނޑު މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބައެއް ބޮޑެތި ބަލިތައް ތަހައްމަލު ކުރާ މީހުންނަށް ޑެންގީ ހުމުގެ ނުރައްކާ ބޮޑެވެ.
މި އަހަރުގެ އޭޕްރިލް މަހުން ފެށިގެން މިހާތަނަށް އައި އިރު މާލެ އާއި އަތޮޅުތަކުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ އަދަދު އިތުރު ވެފައި ވާ ކަމަށެވެ. އަދި މިިދޔަ ސެޕްޓެމްބަރު މަހާ އަޅާ ބަލާއިރު މި މަހު މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު ވަނީ އިތުރުވެފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ކޮންމެ އަހަރަކު ވެސް ވިއްސާރަ މޫސުމުގައި ޑެންގީ ހުން ޖެހޭ މިންވަރު އިތުރުވަމުން އަންނަ އިރު، މި އަހަރަކީ ގިނައިން ވިއްސާރަ ކުރި އަހަރަަކަށް ވެފައި މިހާރު ވެސް ކުރަމުންދާ ވިއްސާރައާ ގުޅިގެން މަދިރި އާލާވެ އިތުރުވުން ކުރިއަށް ތަނުގައި ގިންވާނެ ކަމަށް ބެލޭވެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.