މ. މުލި ރާޅުގަނޑު ސަރަހއްދަށް ރާާ އަޅާން ދިޔަ ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

އެމްއެންޑިއެފުން ބުނީ، މ. މުލި ރާޅުގަނޑު ސަަރަހައްދުގައި ރާޅާއަޅަން ގޮސްއުޅުނު 7 ފަތުރުވެރިންގެ ތެރެއިން އެކަކު ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައި ވަނީ މިއަދު މެންދުރު 12:47 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ގެއްލުނު ފަތުރުވެރިޔާ އެންމެ ފަހުން ލައިގެން ހުރީ ކަޅު ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ގެއްލިގެން ހޯދަމުންދަނީ ކޮން ގައުމަަކށް ނިސްބަތްވާ ފަތުރުވެރިއެއް ކަން އަދި އެމްއެންޑީއެފުން ހާމައެއް ނުކުރެއެވެ.

މި ދުވަސްވަރަކީ މ. މުލި ސަރަހައްދަށް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ.