ރަޝިއާއިން އަމިއްލަ ކޮށްފައިވާ ރޫކްރައިންގެ އިރުމަތީ ސަރަހައްދެއް ކަމަށް ވާ ކްރިމިއާ އާއި ރަޝިއާ ގުޅޭ ދިގު ބްރިޖްގައި ބާރުގަދަ ގޮވުމެއް ގޮވާ ބޮޑުބައެއް ހަލާކުވެއްޖެއެވެ.

ރަޝިއާއިން ޔޫކްރައިންގެ ބޮލުގައި ތުހުމަތު އަޅުވާ އެއީ ޓެރަރިސްޓް ހަމަލާއެއް ކަަމަށް ފުރަތަމަ ބުނި ނަމަވެސް މިހާރު ޔަގީން ކުރެވިފައި ވަނީ ބްރިޖް މަތިން ކަރިމިއާ އާ ދިމާއަށް ދިޔަ ބޮޑު ޓްރަކެއްގައި އެއްޗެއް ގޮވީ ކަމަށެވެ. އެ ޓްރަކް ގޮވުމާއެކު ތެޔޮ ހިފައިގެން އެވަގުތު ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ރޯވެ ހުޅުހިފާފައި ވެއެވެ. އަދި އެ ބާރު ގޮވުމާއެކު ބްރިޖްގެ ދެ ދިމާއެއް ކަނޑައިގެން ވަނީ ވެއްޓިފައެވެ.

ބްރިޖްގެ މިހާދިސާއާ ގުޅިގެން، ރަޝިއާއާއި ކްރިމިއާ އާ ދެމެދު ކުރަމުން ދާ ދަތުރުތަކަށް ވަނީ ބުރޫ އަރާ މަޑުޖެހިފައެވެ. ޔޫކްރައިންގެ އިރުމަތިން ރަޝިއާއިން ހަމަލާ ދޭން، ބޭނުން ކުރާ އެންމެ މުހިންމު އެއް ރަށަކީ ކްރިމިއާ ކަމަށް ވާއިރު، މި ލިބުނު ގެއްލުމާއެކު، ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ސިފައިންނަށް ބޭނުންވާ އާލާތްތައް ސަޕްލައި ކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ހަބަރުތައް ބުނެއެވެ.

މި ހާދިސާ ތަހުގީގު ކުރުމަށް ހާއްސަ ޓީމެއް ގޮވި ސަަރަހައްދަށް ދަތުރު ކުރަމުން ދާ އިރު، މިހާދިސާގައި 3 މީހަކު މަރުވި ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބްރިގްޖެ އަންޑަގްރައުންޑް (ބްރިޖްގެ ދަށުން ދެވެން އޮންނަ މަގު) މިހާރު ހުޅުވާފައި ވާ ކަމަށާއި ދަތުރުފަތުރަށް ލުޔެއް ލިބެން އަދި ވަގުތު ނަމާގެ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

19 ކިލޯމީޓަރުގެ މި ބްރިޖަކީ ދުނިޔޭގައި ވާ މިބާވަތުގެ ބްރިޖްތަކުގެ ތެރެއިން އެންމެ ދިގު އެއް ބްރިޖެވެ.