އެސްޓީއޯއިން ވޯލްޑްކަޕާއި ގުޅިގެން "ހޭވައްލާ ތައްޔާރު"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ މިއަދުން ފެށިގެން ނޮވެމްބަރު 30، 2022 ގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.

އެސްޓީއޯއިން ބުނީ، ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައި ކަމަށެވެ.

މިޕްރޮމޯޝަންގެ ދަށުން ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 ޕްސަންޓާ ހަމައަށް ޑިސްކައުންޓާއި ބައްލަވައިގަންނަ 50 އިންޗީ (މޮޑެލް 50PUT8115/98)ގެ ފިލިޕްސް ޓީވީއަކާއެކު ސައުންޑްސްޕީކާ ބާ އެއް ހިލޭ އަދި ކޮންމެ ޓީވީއަކާއެކު ބްރެކްޓް ހިލޭ ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ގްރޭންޑް އިނާމެއްގެ ގޮތުގައި އެއްވަނަ އިނާމް އައިފޯން 14 ޕްރޯ މެކްސްއެއް، ދެވަނަ އިނާމް ޕީއެސް 5 އެއް ވީއާރް އަދި ތިންވަނަ އިނާމަކަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 15000 ރުފިޔާގެ ގިފްޓް ވޮއުޗާނޯޓް ލިބޭނެ ކަމަށެވެ. މި ވޮއުޗާގެ ދަށުން ނެގޭނީ ގެއާއި ބަދިގޭ ސާމާނު ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައް ވެސް ފިހާރައިން ކުރިއަށް ގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ލަކީ ޑްރޯގައި ބައިވެރިވެވެނީ ކިހިނެތް؟

އެސްޓީއޯއިން ބުނީ، ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.