ކެސިނޯގެ ލައިސަންސް ދިނުން ރާއްޖޭގެ އެއްވެސް ގަވައިދަކުން މަނާ ނުކުރާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، އެ ތަންތަން ހިންގުމުގެ ހުއްދަ ނުދެނީ ކީއްވެތޯ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލުގެ ޖަވާބު ދެއްވުމަށް މިނިސްޓަރަށް ފުރުސަތު އެރުވުމުގެ ކުރިން ނަޝީދު ވިދާޅުވީ، ރާއްޖޭގައި ކެސިނޯ ހިންގުމުގެ ލައިސަންސް ދިނުން އެއްވެސް ގަވައިދަކުން މަނާނުކުރާ ކަން ފާހަގަކުރެވޭ ކަމަށެވެ.
"އެހެން ނަމަވެސް ސާފު ގަވައިދުތަކެއް ރިސޯޓުތަކަށް މި މަސައްކަތް ނުކުރެވި، އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާރުކޮށް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާ،" ނަޝީދު ވިދާޅުވިއެވެ.
އެއަށްފަހު ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހްލޫފް ވިދާޅުވީ، ކެސިނޯގެ ވާހަކަ ދެއްކެން ނެތް ކަމަށާއި، އެ ވާހަކަ ފެށިޔަސް ގޯސްވާ ކަމަށެވެ. އެކަމާ ގުޅިގެން މަޝްވަރާކުރާނެ ފުރުސަތެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޖާބިރު ކުރިން ދެއްކެވި ވާހަކަތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓުތަކުގައި ބަރާބަރަށް ރާ ވިއްކައި، އެހެން ސަކަރާތްތައް ވެސް އެ ތަންތަނުގައި ޖަހައެވެ. ނަމަވެސް ކެސިނޯގެ ވާހަކަ ފަށާއިރަށް އެ ކަމަކީ ހަރާމް ކަމެއް ކަމަށް ބުނެ، އެ ކަން ނުކުރެވޭނެ ކަމަށް ބުނަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، މިފަދަ ކަންކަމަކީ މަޝްވަރާކޮށްގެން، މުޖުތަމައުގެ ތެރޭގައި ވާހަކަ ދެކެވިގެން ގޮތްތަކެއް ހޯދަން ޖެހޭ ކަންތައްތަކެކެވެ.
މީގެ ކުރިން ވެސް ޖާބިރު ކެސިނޯގެ ވާހަކަ ދެއްކެވުމުން، އެއީ ދައްކައިގެން ނުވާނެ ވާހަކައެއް ކަމަށް ވިދާޅުވެ، މަޖިލިހުގެ ބައެއް މެންބަރުން އޭނާ އަށް ރައްދު ދެއްވިއެވެ. އަދި ބައެއް އާންމުންގެ ފަރާތުން ފާޑުކިއުން ވެސް އަމާޒުވިއެވެ.
އެއްމެބޮޑު އަދި ދުވަހަކުވެސް އިސްލާޙުކުރަން ނުޖެހޭ ޤާނޫނު ކަމަށްވާ ކީރިތި ޤުރުއާނުން އެކަން މަނާކުރައްވާފަ އޮތީ. ވީމާ ތިޔަކަން ހުއްދަ ކުރެވޭނީ ނަޝީދު ބޭނުންވާ ގޮތަށް މިގައުމަކީ 100% މުސްލިމް ގައުމެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް އައީމަ.
ޢަމަޔ'ާ އިނުންވެސް ޤަވަޤިދަކުން މަނަލެއް ނުކުރޭ. ބައަޕް އާއި އަންހެން ދަރިފުޅާ ވަޠީއު ނުވާ ގޮތަށް ޤާނޫނެއް ނެތް. ބޮލަށް ދެޔޮ އަރައިގެންހޭ ތިއުޅެނީ؟