އައްޑޫ ސިޓީ މަރަދޫ ކައިރިން، ހަ ފޫޓު ބޮޑު ފާނައެއް ބާނައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފާނަ ބާނާފައި ވަނީ މިއަދު ހަވީރު 04:30 ހާއިރު މަރަދޫ ބަނދަރު ނެރުމަަތިން ހިތަދޫ މީހެކެވެ.

ހަތަރު މީހުންގެ މަސައްކަތުން ފާނަ ބާނާ، އުޅަނދަށް އެރުވުނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުގެ މަސައްކަތުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ފާނައިގެ ދިގުމިނުގައި ހަ ފޫޓް ހުރިއިރު ބަރުދަނުގައި 108 ކިލޯ ހުރި ކަމަށް ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މި ފާނަ ވަނީ 2600 ރުފިޔާއަށް "ޖަސްޓް ޓީ" ނަމަކަށް ކިޔާ ކެފޭއަކަށް ވިއްކާލާފައެވެ.

މި ފާނައަށް އައްޑޫ ބަހުން ކިޔަނީ ކަޅުބޮނޑެވެ.

ސޯޝަލް މީޑިއާގައި މި ފާނައިގެ ފޮޓޯތައް އާންމުވެފައި ވާއިރު ކައިރީގައި ހުއްޓި ފޮޓޯ ނަގާ ބައެއް މީހުންނަށް ވުރެ ވެސް މި ފާނަ މާ ބޮޑެއެވެ.