ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މަޖީދީމަގުން ހިނގާފައި ދިޔަ މީހެއްގެ ގައިގައި ކާރަކުން ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވާ ވަނީ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ.

އަދި އަނިޔާވި މީހާ އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެއެވެ.

އެކަމާ ގުޅިގެން އައިޖީއެމްއެޗްގެ ބަހެއް އަދި ނުލިބެއެވެ.

ފުލުހުން ބުނީ، މި ހާދިސާ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.