ފައިނޭންޝަލް ކޮންޓްރޯލަރުގެ މަގާމަށް މުހައްމަދު އާޒާދު އައްޔަން ކުރައްވައިފިއެވެ.
އާޒާދު ވަނީ ސީއެފްއޭ ޗާޓާ ހޯލްޑާއެއްގެ އިތުރުން ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާއިން ބެޗްލާސް ޑިގްރީއަކާއި ސައިންސް އިން ފައިނޭންސްގެ ދާއިރާއިން މާސްޓާ ހާސިލު ކުރައްވާއެވެ.
އާޒާދު މީގެ ކުރިން ވަނީ ފިނޭންސް މިނިސްޓްރީގެ އެސްއޯއީ ރިފޯމް ކޮންސަލްޓަންޓެއްގެ ވަޒީފާ އާއި ހަޒާނާ މޯލްޑިވްސްގެ އެކައުންޓް އެންޑް ފައިނޭންސްގެ އިސްވެރިޔާގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަާފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިންޓެލިޖެންސް ޑިޕާޓްމަންޓުގެ އިސްވެރިޔާގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކްގެ ބޯޑު މެމްބަރުކަން ވެސް ކުރެއްވިއެވެ.
އާޒާދު އެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހަ އަހަރު ހޭދަކުރެއްވުމަށް ފަހު ފާތިމަތު ރަޒީނާ ޕީއެޗްޑީއަށް ކިޔަވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ފައިނޭންޝަލް ކޮންޓްރޯލަރަކީ ދައުލަތުގެ ފައިސާ އާއި ހިސާބާއި ހިސާބުގެ ލިޔެކިޔުންތަކުގެ ނިޒާމު އޮޑިޓާ ޖެނަރަލް ކަނޑައަޅާ ގޮތެއްގެ މަތިން ބަލަހައްޓަވާ ފަރާތެވެ.