ކާޑޭޭޝިއަން އާއިލާ އަކީ ދުނިޔޭގެ އެތައް ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ އާއިލާއެކެވެ. އެމީހުން ލާ ހެދުންތަކާއި އެ މީހުން ގެންނަ ޓްރެންޑް ތަކަށް ފޮލޯކުރާ މީހުންނެވެ. އަނެއްކާވެސް މިއުޅެނީ އެ އާއިލާގެ ވާހަކަ އެއް ދައްކާލާށެވެ. މިފަހަރު ކްލޯއީ ކާޑޭޝިއަންގެ ވާހަކައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ކާޑޭޝިއަން އާއިލާގެ ކްލޯއީ ކާޑޭޝިއަންގެ އާ ލޯބިވެރިޔާ އަކީ "365 ޑޭސް" އިން މަގްބޫލުކަން ހޯދި އެކްޓަރު މިކެލް މޮރޯނީ އެވެ. މި ވާހަކަ އެންމެ ބޮޑަށް ފެތުރެން ފެށީ މިލާން ފެޝަން ވީކްގައި މި ދެމީހުން އެއްކޮށް ކައިރީގައި ތިބުމުންނެވެ. އަދި އެ އިވެންޓު ތެރޭގައި ކްލޯއީ އާއެކު ނަގާފައިވާ ފޮޓޯތަކެއް މޮރޯނީ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީ އަށް ވެސް އަޕްލޯޑްކޮށްފައެވެ.
އިޓަލީ އަށް އުފަން މޮރޯނީ، 31، އާއި ކްލޯއީ ކާޑޭޝަން، 38 ލޯބީގެ ގޮތުން ގުޅިގެން އުޅޭ ވާހަކަ ވަރަށް ބާރަށް ދެކެވެމުން އަންނައިރު ދެމީހުންގެ ވަރަށް ގައިގޯޅި ވީޑިއޯ އެއް ވެސް ވަނީ ދާދިފަހުން ލީކުވެފައެވެ. ދެމީހުންގެ ފޮޓޯތަކާއި ވީޑިއޯތައް ލީކުވުމާއެކު ދެމީހުންގެ ފޭނުން އަންނަނީ އުފާފާޅުކުރަމުންނެވެ. ފޭނުން ބުނީ މިއީ ހަގީގަތެއް ނަމަ އުފަލުން ފޮޅޭނެކަމަށާއި ދެމީހުން ވަރަށް ގުޅޭކަމަށެވެ.
ކްލޯއީ ވަނީ މީގެ ކުރިން ކައިވެންޏެއްކޮށްފައެވެ. 2009 ވަނަ އަހަރު އެމެރިކާގެ ކުރީގެ ބާސްކެޓް ތަރި ލެމާރް އޯޑޮމްއާ ކުރި ކައިވެނި ރޫޅުނީ 2016 އަހަރު ގައެވެ. އޭގެ ފަހުން ކްލޯއީ ވަނީ ކެނެޑާ އަށް އުފަން ބާސްކެޓް ޓްރިސްޓަން ތޮމްޕްސަން އާއި ލޯބީގެ ގޮތުން ގުޅިފައެވެ. އަދި އެ ގުޅުމަށް ދެ ދަރިންވެސް ވަނީ ލިބިފައެވެ. އެއީ މިހާރު އުމުރުން ހަތަރު އަހަރުގެ ޓްރޫއެވެ. ކްލޯއީ ދެން ވިހެއީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ނަން އަދި ހާމަކޮށްފައިނުވާއިރު ކްލޯއީ ވިހެއީ މިދިޔަ މަހުގެ ފަސް ވަނަ ދުވަހުއެވެ.
ކްލޯއީގެ އިތުރުން މޮރޯނީ ވެސް ވަނީ މީގެ ކުރިން ކައިވެނިކޮށްފައެވެ. އޭނާ 2014 ވަނަ އަހަރު ކައިވެނިކުރީ ލުބުނާނަށް އުފަން ފެޝަން ޑިޒައިނަރު ރައުބާ ސާދޭ އާއެވެ. ނަމަވެސް އެކައިވެނި ވަނީ 2018 ވަނަ އަހަރު ރޫޅިފައެވެ.